ޝިރުކުކުރުން ފެށުނު ހިސާބު

އިންސާނީ ނަސްލުފެށިގެންއައީ ތައުޙީދުގެ މަތިވެރި ކަލިމައިގެ މަތީގައެވެ. އަޅުގަނޑުމެންގެ ބަފާކަލުން، އާދަމް عليه السلام އިން ފެށިގެން އެތައް އަހަރުތަކެއް ވަންދެން މިބިންމަތީ އިންސާނުން އަޅުކަން ކުރަމުން ގެންދިޔައީ އެއްކައުވަންތަ މާތް ﷲ އަށެވެ. ނަމަވެސް އިންސާނާއަށް ޢަދާވާތްތެރި ޝައިޠާނާ މީސްތަކުންގެ ތެރެއިން ބަޔަކު މަގުފުރައްދާ، އެބައިމީހުންނީ ﷲ ތަޢާލާއަށް ޝިރުކުކުރުން މިބިންމަތީ ތަޢާރަފުކުރި ބަޔަކުކަމުގައި ހަދައިފިއެވެ. ﷲ ތަޢާލާ ލައުނަތްލެއްވި ޝައިޠާނާ ސުވަރުގެއިން ބޭރުކޮށްލެވުމުން، އޭނާގެ އެންމެ ބޮޑު މަޤުޞަދަކަށްވީ އިންސާނުން މަގުފުރެއްދުމެވެ. “އާދަމް عليه […]
شَهَادَةُ أَنَّ مُحَمَّدًا رَسُولُ اللهِ ގެ ހަޤީޤަތަކީ ކޮބާ؟ – 9

އަދި، އެއީ ކޮންމެ ފެންވަރެއްގެ، ކޮންމެ މީހެއްކަމުގައި ވިޔަސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ މައްޗަށް އެހެން މީހެއްގެ ބަހެއް އިސްކުރުން ހުއްދަވެގެން ނުވެއެވެ.