ޑިމޮކްރަސީތޯއެވެ؟ ނުވަތަ އިސްލާމް ދީންތޯއެވެ؟

ހަމަޖެހޭ ދިރިއުޅުމެއް ބޭނުން ނުވާނީ ފަހެ ކާކުތޯއެވެ؟ ދުނިޔޭގައި ދިރި އުޅޭ ކޮންމެ މީހަކީ އެމީހެއްގެ ޙަޔާތް ބާއްޖަވެރިވުމަށް އެދޭނެ މީހެކެވެ. ހިތްހެޔޮ، އަމާން، އޮމާން އަދި ސާފު މާޙައުލެއްލެއްގައި ދިރިއުޅުމަކީ ކޮންމެ މީހަކުވެސް ދެކެން ބޭނުންވާނެ ހުވަފެނެކެވެ. އާއެކެވެ. އެއްބައިވަންތަ، ސުލްހަމަސަލަސްކަން ޤާއިމްވެފައިވާ ވެއްޓެއްގައި އުޅެން އަޅުގަނޑުމެން ކޮންމެ މީހަކުވެސް ބޭނުންވެއެވެ. ހަމަޖެހިލައިގެން އެއްވެސް ބިރެއްނެތި، ޢާއިލާ މީހުންނާއި، ރައްޓެހިންނާއިއެކު މަޖާކޮށް އުފާކުރަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. މިނިވަންކަމާއިއެކު ތަންތަނަށްގޮސް، މާބޮޑު ނުފޫޒެއްނެތި އުޅެން […]
ބިދުޢައަކީ ކޮބައިކަން ދެނެގަތުން

ބިދުޢައަކީ ކޮބައިކަމާއި، ބިދުޢަވެރިންނަކީ ކޮބައިކަމާއި، ޝަރުޢުގައި މަނާކުރައްވާފައިވާ ބިދުޢައާއި އެނޫން ބިދުޢަ ތަފާތުކޮށް ދެނެގަތުމަށްޓަކައި، ޝަރުޢުގައި ބިދުޢަ ތަޢްރީފްކޮށްފައިވާ ގޮތަކީ ކޮބައިކަން ދެނެގަތުމަކީ ވަރަށް މުހިއްމުކަމެކެވެ. އެހެނީ، މިކަމާގުޅޭ އެންމެހާ ޙުކުމްތަކެއް ބިނާވެފައިވާނީ ޝަރުޢީ ތަޢްރީފަށެވެ.