ތަޤުވާއާއި އޭގެއަހުލުވެރިންގެ ޞިފަތަކާއި އޭގެ މޭވާތައް -2-
ތަޤުވާގެ ހަރުފަތްތައް. ތަޤުވާގެ ތިން ހަރުފަތްވެއެވެ. 1- ޝިރުކު ކުރުމުން ރައްކާތެރިވެ ނަރަކައިގެ ނިމުމެއްނުވާ ވޭންދެނިވި ޢަޒާބުން ރައްކާތެރިކަން ހޯދުން. މި ފަދައިން ތަޤުވާވެރިވާ މީހުންނާ ބޭހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَأَلْزَمَهُمْ كَلِمَةَ التَّقْوَىٰ ) އަލްފަތްޙު 26 މާނައީ: ” އަދި ތަޤުވާގެ ކަލިމަ، އެއުރެންގެ މައްޗަށް ލާޒިމުކުރެއްވިއެވެ. “ 2- އެކަމެއް ކުރުމުން ފާފަވެރިވާ ހުރިހާ ޢަމަލަކުން ދުރުވެގަތުމާއި އެކަމެއް ދޫކޮށްލުމުން ފާފަވެރިވާ ހުރިހާ ކަމެއް ދޫކޮށްލުމުން ދުރުހެލިވެގަތުން. މީގެތެރޭގައި އެންމެ […]
ވިތުރީގެ ޤުނޫތުގެ ޝަރަޙަ – 4
މި ބަސްފުޅު ((وَبَارِكْ لِي فِيمَا أَعْطَيْتَ)) މާނައަކީ، އިބަ އިލާހު މި އަޅާއަށް ދެއްވާފައިވާ ތަކެތީގައި ބަރަކާތްލައްވާފާނދެއެވެ. البَرَكَة އަކީ ޘާބިތުވެހުންނަ ގިނަވެގެންވާ ހެޔޮކަމެވެ. ((فِيمَا أَعْطَيْتَ )) އެބަހީ، އިބައިލާހު މިއަޅާއަށް ދެއްވި މުދަލާއި، ދަރިންނާއި ޢިލްމުގައި ބަރަކާތް ލައްވާފާނދެއެވެ. އަދި އެނޫންވެސް، ﷲ ޢައްޒަ ވަޖައްލަ ތިބާއަށް ދެއްވާފައިވާ ތަކެތީގައި ބަރަކާތްލެއްވުމަށް ﷲ ތަޢާލާއަށް ތިބާ ދަންނަވަންޖެހެއެވެ. އެހެނީ ﷲ ތަޢާލާ ތިބާއަށް ދެއްވި ތަކެތީގައި، ބަރަކާތެއް ނުވާނަމަ ތިބާ ގިނަވެގެންވާ ހެޔޮކަމަކުން […]