ޢަޤީދާގެ ފިލާވަޅު 16 (ޢަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)

ޚަލްޤުތައް އުފެއްދެވުމުގެ ކުރިން އެއިލާހަށް ލިބިވޮޑިގެންވާ ޞިފަފުޅުތައް ނެތިދިޔުމެއްނުވެއެވެ. ޚަލްޤުތައް އުފެއްދެވުމުގެ ކުރިން ލިބިވޮޑިގެންވާ ޞިފަފުޅުތަކުގެ އިތުރަށް، ޚަލްޤުތައް އުފެއްދެވުމަށްފަހު އެއްވެސް ޞިފަފުޅެއް އިތުރުވެގެން ނުވެއެވެ.
ނަމާދުގެ އައްތަޙިއްޔާތުގައި ޞަލަވާތްކިޔާއިރު سيدنا މިލަފުޒު ހިމަނައިގެން ކިޔުން

السيد ގެ ލަފުޒީ މާނައަކީ ބޮޑު ޖަމާޢަތެއްގެ މައްޗަށް ވެރިކަންކުރާމީހާއެވެ.
ތަޤުވާއާއި އޭގެއަހުލުވެރިންގެ ޞިފަތަކާއި އޭގެ މޭވާތައް -3-

(ކުރީގެ ބަޔާއި ގުޅޭ) މަތީގައި ބަޔާންވެދިޔައީ ތަޤުވާއާއި ބެހޭގޮތުން އައިސްފައިވާ ޢިލްމުވެރިންގެ ބަސްފުޅުތަކާއި ތަޤުވާގެ ބައިތަކާއި ތަޤުވާގެ ހަރުފަތްތަކެވެ. ފަހެ ތަޤުވާގެ މާނާ ފުޅާވެގެންވެއެވެ. އަދި މީސްތަކުންގެ ޢަމަލުކުރުމުގެ ޙާލަތު ހުންނަގޮތުން އެކި މީހުން އެކިމިންވަރަށް ތަޤުވާވެރިވެއެވެ. މިގޮތުން މީސްތަކުންގެ ތެރޭގައި އެބައިމީހުންގެ ނަފްސުތައް ނަރަކައި ދިގުދެމިގެންވާ ނިމުމެއްނުވާ ޢަޒާބުން ސަލާމަތްކުރާ ބަޔަކުވެއެވެ. އެބަޔަކީ ﷲ ތަޢާލާގެ އެއްކައުވަންތަކަމަށް އިޤުރާރުވާ މީހުންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ރަސޫލުކަން ތެދުކުރާމީހުންނެވެ. އެހެނެއްކަމަކު އެބައިމީހުންގެ ނަފްސުތައް މުޅިން އެކީ ނަރަކައިން […]