އަޅުތަކުންނަށްވާ ﷲގެ ލޯބިވެ ވޮޑިގަތުން…
އަލްއިމާމް މުސްލިމް އެކަލޭގެފާނުގެ ޙަދީޘްފޮތް (ޞަޙީޙް މުސްލިމް) ގައި އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “ﷲ ތަޢާލާ އެކަލާނގެ އަޅުތަކުން ކުރެ އަޅެއްދެކެ ލޯބިވެ ވޮޑިގެންފިނަމަ ޖިބްރީލް ޢަލައިހިއްސަލާމް ގެންނަވައި ވަޙީ ކުރައްވައެވެ. “ހަމަކަށަވަރުންވެސް ތިމަން ﷲ މިވެނި މީހެއްދެކެ ލޯބިވެ ވޮޑިގެންފީމެވެ. ކަލޭގެފާނުވެސް އެމީހަކުދެކެ ލޯބިވާ ހުށިކަމެވެ.” ދެންފަހެ ޖިބްރީލްގެފާނުވެސް އެމީހާދެކެ ލޯބިވެ ވަޑައިގަންނަވައެވެ. އަދި އެއަށްފަހު އުޑުތަކުގެ އަހުވެރިންނަށް (މަލާއިކަތުންނަށް) އެކަލޭގެފާނު ނިދާ އިއްވަވައެވެ.…