[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަޢުވަތު ސިލްސިލާ: 03 (އިސްލާމްދީނުގައި މައިންބަފައިންނަށް ދެވިފައިވާ ޤަދަރު)

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ދިސަލަފިއްޔާގެ ފަރާތުން ފޯރުކޮށްދެމުންގެންދާ ލީފްލެޓްތަކުގެ ތެރެއިން، މި ލީފްލެޓްގައި އަލިއަޅުވާލެވިފައިވާ މަޢުޟޫއަކީ “އިސްލާމްދީނުގައި މައިންބަފައިނަށް ދެވިފައިވާ ޤަދަރު” އެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ ފޮތުގައި އެކިތަންތަނުގައި މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް އަންގަވާފައެވެ. ހަމައެހެންމެ، އެއިލާހުގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އެތައް ޙަދީޘެއްގައި އެދެމީހުންނަށް ހެޔޮކޮށްހިތުމަށް ވަޞިއްޔަތްކުރައްވާފައިވެއެވެ. އަދި އަޅުގަނޑުމެންގެ ސަލަފުން ވަނީ މައިންބަފައިންނަށް ހެޔޮކޮށްހިތުމުގެ ރިވެތި ނަމޫނާތަކެއް ދައްކަވާދެއްވާފައެވެ. އެގޮތުން، މިލީފްލެޓަކީ، އިސްލާމްދީނުގައި މައިންބަފައިނަށް ދެވިފައިވާ ޤަދަރު އަންގައިދީ، އެދެމީހުންނާމެދު އަޅުގަނޑުމެންގެ މައްޗަށްވާ ޙައްޤުތައް ދެނެގަނެ، އެދެމީހުންނަށް ހެޔޮކޮށްހިތުމަށް ނަޞޭޙަތްތެރިވުމުގެ ގޮތުން އެކުލަވާލެވިފައިވާ ލީފްލެޓެކެވެ.

ދުޢާއަކީ، މި ލީފްލެޓްގެ ފައިދާ ވީހާވެސް ގިނަބަޔަކަށް ފޯރުކޮށްދެއްވުމެވެ.

ލީފްލެޓް ޑައުންލޯޑުކުރައްވާ

ދަޢުވަތު ސިލްސިލާގެ އެހެނިހެން ބައިތައް