މުއުމިނުންގެ މަންމާފުޅު ޢާއިޝާ –ރަޟިޔަﷲޢަންހާ- 2

ޢާއިޝާ –ރަޟިޔަﷲޢަންހާ- ގެ މާތްކަން: ޢާއިޝާ –ރަޟިޔަﷲޢަންހާ- ގެ މާތްކަމަކަށް އަޅުގަނޑުމެން ބަލާލައިފިނަމަ ވަރަށްގިނަ ކަންތައްތައް ފެނިގެންދެއެވެ. އެކަމަނާގެ މާތްކަން ސީދާ ކީރިތި ޤުރުއާނުންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞައްޙަ ޙަދީޘްފުޅުތަކުން ޘާބިތުވެގެންވެއެވެ. އެހެންނަމަވެސް ޙައްޤުގެ މަގުން އެއްކިބާވެފައިވާ ބިދުޢަވެރި ރާފިޟާ އިންނާއި ޝީޢީންވަނީ އެކަމަނާއަށް ފުރައްސާރަކޮށް ލަޢުނަތްދިނުމަކީ އެބައިމީހުންގެ އަޅުކަމަކަށް ހަދާފައެވެ. މާތް ﷲ އެކަމަނާ އަށް ލާޢުނަތްދޭ މީހުންނަށް ލަޢުނަތްލައްވާށިއެވެ. އަދި އެބައިމީހުން މިދުނިޔެއާއި އާޚިރަތުގައި ފަޟީޙަތްކުރައްވާ ނިކަމެތިކުރައްވާށިއެވެ. އާމީން. ޞަހީޙުލް ބުޚާރީ […]
ތިބާގެ މުސްލިމް އަޚާ ފަޟީޙަތް ނުކުރާށެވެ.

ހަނދާންނެތުމަކީ ﷲ ތަޢާލާ އިންސާނުންގެ ޠަބީޢަތުގައި ލައްވާފައިވާ ސިފައެކެވެ. ވަކިމީހެއް މިކަމުގައި އިސްތިސްނާއެއްނުވެއެވެ. އެންމެ ފުރަތަމަ އިންސާނާ އަދި އަޅުގަނޑުމެން އެންމެހާ އިންސާނުންގެ ބައްޕަ އާދަމް ޢަލައިހިއްސަލާމްގެ ވާހަކަ ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ޒިކުރުކުރައްވާފައިވެއެވެ. ((وَلَقَدْ عَهِدْنَا إِلَىٰ آدَمَ مِن قَبْلُ فَنَسِيَ وَلَمْ نَجِدْ لَهُ عَزْمًا ﴿١١٥﴾)) سورة طه މާނަ : (( ހަމަކަށަވަރުން، މީގެކުރިން ތިމަންރަސްކަލާނގެ އާދަމުގެފާނަށް ވަޞިއްޔަތް ކުރައްވައި، ޢަހުދު ހިއްޕެވީމެވެ. ފަހެ، އެކަލޭގެފާނު (އެ ޢަހުދު […]