ސިޔާސީ ޙަރަކާތްތަކުގެ ނިވަލުގައި އިސްލާމްދީނާ ދެކޮޅަށް ކުރެވޭ ހަނގުރާމަ
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين ރާއްޖޭގައި ޑިމޮކްރަސީއަށް ގޮވާލެވޭ ގޮވާލުންތައް ފެށިތާ މާދުވަސްތަކެއްނުވަނީސް ލޭ އޮހޮރުވުންތައް ފެށިއްޖެއެވެ. އަދި ދެކޮޅުވެރިކަމާއި ރުޅިވެރިކަން މުޖުތަމަޢުގައި އިތުރުވެ މީސްތަކުންގެ ހިތްތައް ބައިބައިވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ބަޔަކު ޣާފިލުކަމުގެ ނިދިން ހޭލާ ޑިމޮކްރަސީގެ ވަބާއިން ސަލާމަތްވެވޭނެ މަގުތަކާއިމެދު ވިސްނާ ފިކުރުކުރަންފަށައިފިއެވެ. އަދި އިސްލާމީ ޝަރީޢަތަކީ މިކަމަށް އޮތް ހަމައެކަނި ޙައްލުކަމަށް މިއަދު ގިނަބަޔަކު ޤަބޫލުކުރަންފަށައިފިއެވެ. މިފަދަ ހެޔޮ ވިސްނުމާ ދިމާލަށް…