އިމާމު އިބުނު ޤައްޔިމު ރަޙިމަހުﷲގެ ޤަލަންކޮޅުން

ހެޔޮއަމަލުތަކާއި އަދި ނުބައި ޢަމަލުތައް އިމާމު އިބުނު ޤައްޔިމު ރަޙިމަޙުﷲ އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ އައްދާއު ވައްދަވާއު (ބައްޔާއި ފަރުވާ) މި ފޮތުގައި ބަޔާން ކުރައްވައެވެ. ހަމަކަށަވަރުންވެސް ނުބައި ފާފަތަކަކީ މޭވާއެއްގެ އޮށްތަކެއް ފަދަ އެއްޗެހިތަކެކެވެ. އެއޮށްތަކުން އަނެއްކާވެސް އިތުރު މޭވާތަކެއް (އެބަހީ ފާފަތަކެއް) އުފައްދާނެތެވެ. ޞަލަފުންގެ ބޭކަލުން ވިދާޅުވާ ގޮތުން ފާފައެއް ކުރުމުން އެ ފާފައަކަށް ދެވޭ ޢަދަބަކީ އެފާފައިން ރައްކާތެރި ކުރުމަށްޓަކައި ދެވޭ ޢަދަބެކެވެ. އަދި ހެޔޮ ޢަމަލަށް ދެވޭ ސަވާބަކީ އިތުރު ހެޔޮއަމަލުތައް ކުރުމަށް […]
އިމާމު އަޙުމަދު ބިން ޙަންބަލްގެ ހަޔާތްޕުޅު ކުރުގޮތަކަށް

އެކަލޭގެފާނުގެ ނަސަބުފުޅު އެކަލޭގެފާނަކީ ޢަހުމަދު ބިން މުޙައްމަދު ބިން ޙަންބަލް ބިން ހިލާލު ބިން އަސަދު ބިން އިދުރީސް ބިން ޢަބްދުﷲ ބިން ޙައްޔާން ބިން ޢަބްދުﷲ ބިން އަނަސް ބިން ޢައުފް ބިން ޤާސިޠު ބިން ޝައިބާން ޛުހްލު ބިން ޘަޢުލަބާ ބިން ޢުކާބާ ބިން ޞަޢުބު ބިން ޢަލީ ބިން ބަކުރު ބިން ވާއިލު ބިން ޤާސިޠު ބިން ހިންބު ބިން އަފްޟާ ބިން ދުޢްމިއްޔު ބިން ޖަދީލާ ބިން އަސަދު ބިން ރަބީޢާ […]
އަހަރެން ތައުބާވާން ބޭނުން، އެކަމަކު… 12

އަހަރެން އިޢުތިރާފުވާންވީތަ؟ ސުވާލުކުރިމީހަކު ހިތާމަވެރި އަޑަކުން އެހިއެވެ. “އަހަރެން ތައުބާވާން ބޭނުމެވެ. އެކަމަކު އަހަރެން ކޮށްފައިވާ ފާފަތަކަށް އިޢުތިރާފުވުން އަހަރެންގެ މައްޗަށް ވާޖިބުވެގެންވޭ ހެއްޔެވެ؟ ކޯޓުގައި ޤާޟީގެ ކުރިމަތީގައި އަހަރެން ކޮށްފައިވާ ހުރިހާ ކަންތައްތައް ކިޔައިދީ އަހަރެންގެ މައްޗަށް ޙައްދު ޤާއިމުކޮށްދިނުމަށް އެދުމަކީ ތައުބާގެ ޝަރުޠެއް ހެއްޔެވެ؟ މީގެ ކުޑައިރުކޮޅެއްކުރިން އަހަރެންކީ މާޢިޒު رضي الله عنه އާއި (ޞަޙާބީ) އަންހެން ކަމަނާގެ ތައުބާގެ ވާހަކައާއި ބަގީޗާތެރެއިން އަންހެނަކަށް ބޮސްދިން ފިރިހެންބޭކަލެއްގެ ވާހަކައިގެ މާނައަކީ ކޮބާ ހެއްޔެވެ؟” […]