އަހަރެން ތައުބާވާން ބޭނުން، އެކަމަކު… 13

ތައުބާވުމާއިގުޅޭ މުހިއްމު ފަތުވާތައް ތިބާ ބުނެފާނެއެވެ. “އަހަރެން ތައުބާވާން ބޭނުމެވެ. އެކަމަކު ތައުބާވުމާބެހޭ ޙުކުމުތައް އަހަންނަކަށް ނޭނގެއެވެ. އަދި އަހަރެންގެ ސިކުނޑީގައި ބައިވަރު ސުވާލުތައްވެއެވެ. ފާފަތަކުން ފުރިހަމައަށް ތައުބާވުމާއި ގުޅޭގޮތުންނެވެ. އަދި އަހަރެން އިހުމާލުވެފައުވާ ﷲ ތަޢާލާގެ ޙައްޤުތައް އެކަލާނގެއަށް އަދާކުރާނެގޮތާއި ބެހޭގޮތުންނެވެ. އަދި މީސްތަކުންގެ އަތުން އަހަރެން ނަގާފައިވާ އެބައިމީހުންގެ ޙައްޤުތައް އަދާކުރާނެ ގޮތާއި ބެހޭގޮތުންނެވެ. ފަހެ މިސުވާލުތަކަށް ޖަވާބު ވޭހެއްޔެވެ؟” މިއީ ތިބާ ﷲ ތަޢާލާގެ ޙަޟްރަތަށް އިޢާދަވާހިނދު ތިބާއަށް އަގުބޮޑު ޝިފާއެއް ލިއްބައިދޭނެ […]
މަލާމާތްކުރާމީހުންގެ މައްޗަށް ކެތްތެރިވުން

ހިދާޔަތަކީ ދީލަތިވަންތަ ﷲ ގެ ޙަޟްރަތުންވާ ދެއްވުމެކެވެ. އެއީ ކޮންމެ މީހަކަށް ލިބޭ އެއްޗެއްނޫނެވެ. މިދުނިޔެވީ ޙަޔާތުގައި ﷲ ތަޢާލާ ލައްވާފައިވާ ސުންނަތަކީ މިދީނުގައި ގަދައަށް ހިފަހައްޓައިފިމީހަކު އިމްތިޙާނުކުރެއްވުމެވެ.