އިންސާނާގެ އަޞްލަކީ ތައުޙީދުތަ ނުވަތަ ޝިރުކުތަ؟

އާދަމުގެ ދަރީންގެ އަޞްލަކީ ތައުޙީދެވެ. ޝިރުކެއް ނޫނެވެ. ﷲ އަށް ޙަމްދު ހުއްޓެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ އަޅުން ހައްދަވާފައިވަނީ އެއިލާހު އެއްކައުވަންތަކުރާ ބައެއްގެ ގޮތުގައެވެ. ޤުދުސިއްޔަ ޙަދީޘްގައި އައިސްފައިވާ ފަދައިންނެވެ. إِنِّي خَلَقْتُ عِبَادِي حُنَفَاءَ فَاجْتَالَتْهُمْ الشَّيَاطِينُ[1] މާނައީ: “ތިމަން އިލާހު ތިމަންއިލާހުގެ އަޅުން އުފެއްދެވީ ޝިރުކުން އެއްކިބާވެ ތައުޙީދަށް ލެނބިފައިވާ ބައެއްގެ ގޮތުގައެވެ. އެބައިމީހުން މަގުފުރެއްދީ ޝައިޠާނުންނެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا فِطْرَةَ اللهِ الَّتِي فَطَرَ […]
ޞަޙީހު އިބުނި ޚުޒައިމާ

ހ. ފޮތުގެ ނަން މިފޮތުގެ ނަން މީސްތަކުންގެ މެދުގައި މަޝްހޫރުވެފައިވަނީ ޞަޙީޙު އިބުނު ޚުޒައިމާގެ ނަމުންނެވެ.މިފޮތުގެ ފެންނަން އޮތްބައި ތަހުޤީޤުކުރައްވާފައިވާ ޢިލްމުވެރިޔެއްކަމަށްވާ ޑރ.މުޙައްމަދު މުސްތަފާ އަޢުޡަމީ ވިދާޅުވެފައިވެއެވެ. ” އެފޮތުގެ ނަމަކީ އެފޮތުގެ މުއައްލިފު ނަންދެއްވާފައިވާ ފަދައިން މުޚުތަޞަރުލް މުޚްތަޞަރު މިން މުސްނަދިއް ޞަޙީހި އަނިއް ނަބިއްޔި ޞައްލަﷲ އަލައިހި ވަސައްލަމައެވެ. (مختصر المختصر من المسند الضحيح عن النبي صلى الله عليه وسلمއެވެ.) އެފޮތަކީ އެކަލޭގެފާނު އެންމެ ކުރިން ލިޔުއްވި ފޮތްކަމަށްވާ އަލްމުސްނަދުއް ޞަހީހިގެ ޚުލާސާއެކެވެ.” […]