يَوْمُ الحَجِّ الأَكْبَر (ޙައްޖުގެ ބޮޑު ދުވަސް)
މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައި ވެއެވެ. ﴿وَأَذَانٌ مِنَ اللَّهِ وَرَسُولِهِ إِلَى النَّاسِ يَوْمَ الْحَجِّ الأكْبَر﴾ (التوبة :3)މާނައީ: “އަދި މިއީ ބޮޑުވެގެންވާ ޙައްޖުގެ ދުވަހު، ﷲ އާއި، އެކަލާނގެ ރަސޫލާގެ ކިބައިން، މީސްތަކުންނަށް އޮތް އެންގެވުމެކެވެ.“ ޙައްޖުގެ ބޮޑުދުވަހަކީ ނަޙްރުގެ (ﷲ އަށްޓަކައި ޤުރުބާނީތައް ކަތިލުމުގެ) ދުވަހެވެ. އެއީ ޛުލްޙިއްޖާމަހުގެ 10 ވަނަ ދުވަހެވެ. އަޟްޙާ ޢީދު ދުވަހެވެ. އިބްނު ޢުމަރު رضي الله عنهما ގެ ކިބައިން ރިވާވެގެން […]
ޝަފާޢަތަކީ ކޮބާ؟
ޒިޔާރަތްތަކާއި، ޤަބުރުތަކުގައިވާ ޞާލިޙުމީހުންނަށް ޝަފާޢަތަށްއެދި ދެންނެވުމަކީވެސް ހުއްދަވެގެންވާކަމެއްނޫނެވެ. ޝަފާޢަތް ދެއްވާ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެހެން ފަރާތަކަށް ޝަފާޢަތަށްއެދި ދެންނެވުމަކީ ﷲއަށް ކުރަންޖެހޭ އަޅުކަންތައް އެހެން ފަރާތަކަށް ކުރެވޭނެކަމެކެވެ.