ޢިބުރަތްތެރި ވާހަކަ: ޅަފަތުގެ ދާނުގައި ވާހަކަ ދެއްކި ތިން ކުދިންގެ ވާހަކަ

ޅަ ފަތުގައި މަންމަގެ އުނގުގައި އޮވެ، ތުއްތު ހާލަތުގައި ވާހަކަ ދެއްކި ތިންކުދިންގެ ޚަބަރު މާތް ނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަމަދެއްވަމުން ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.ޅަފަތުގެ ދާނުގައި ތިންކުއްޖަކުމެނުވީ ވާހަކަ ނުދައްކައެވެ. އެއީ ޢީސާ ޢަލައިހިއްސަލާމާއި އަދި (ޖުރައިޖުގެ ބޮލުގައި އެޅުވުނު ކުއްޖާއެވެ. )ބަނީ އިސްރާއީލުންގެ ތެރޭގައި އަޅުވެރިނަމާދުކޮށް އުޅޭ ޖުރައިޖު ނަމަކަށް ކިޔުނުމީހަކުވިއެވެ. އަދި އަޅުކަންކުރާ ތަނެއްހަދައި(ޓަވަރެއް ގޮތަށް އުސްކޮށް ހުންނަތަނެއް) އެތަނުގައި އަޅުކަމުގައި ޖުރައިޖުހުއްޓެވެ. އެއްދުވަހަކު ޖުރައިޖު ނަމާދުކުރަން ހުއްޓާ ޖުރައިޖުގެ މަންމަ އަތުވެއްޖެއެވެ. […]
އިސްލާމްކަން ގެއްލޭ ކަންކަން

ދަންނާށެވެ! އިސްލާމްކަން ގެއްލޭ ދިހަކަމެއް ވެއެވެ. 1- ފުރަތަމަ ކަންތައް: އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރުމުގައި އެހެން ފަރާތެއް ބައިވެރިކުރުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّ اللهَ لاَ يَغْفِرُ أنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَالِكَ لِمَنْ يَشَاءُ- النساء 48 “ހަމަކަށަވަރުން މާތްﷲ އެއިލާހަށް ޝިރުކުކުރުމުގެ ފާފަ ނުފުއްސަވައެވެ. އެ ނޫންފާފަތައް އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ.” އަދިވެސް ވަޙީކުރެއްވިއެވެ. إنَّهُ مَنْ يُشْرِك بِاللهِ فَقَد حَرَّمَ اللهُ […]