ޢިލްމު އެދިގޮވަނީ ޢަމަލުކުރުމަށް 4
މިޙަދީޘްގައި އެކަލޭގެފާނު ޙަދީޘް ކުރައްވަނީ ‘ހެވެއް އިރާދަކުރައްވާނަމަ’ މިފަދައިންނެވެ. މިހެން އެކަލޭގެފާނު ޙަދީޘް ކުރެއްވުމުން ދޭހަވަނީ ދީނުގައި ފިޤުހުވެރިވާމީހާގެ މާތްކަމާއި، ޝަރަފާއި އަދި އޭނާގެ ޢިލްމުގެ ސަބަބުން އޭނަޔާށް ޙާސިލް ކުރެވޭނެ ހެޔޮކަމުގެ ބޮޑުކަމެވެ.
الأَرْبَعُوْنَ النَّوَوِيَّةُ 1
الحمد لله رب العالمين. الصلاة و السلام على نبينا محمد و على آله و صحبه أجمعين. މިފޮތަކީ އަލްއިމާމް އަލްޙާފިޘު ޔަޙުޔާ ބިން ޝަރަފު އައްނަޥަޥީ ރަޙިމަހުﷲ ޖަމާކުރައްވާފައިވާ ކުޑަ ޙަދީޘްފޮތެކެވެ. މިފޮތާއި ބެހޭގޮތުން އަލްޢައްލާމާ އައްޝެއިޚު މުޙައްމަދު ބިން ޞާލިހު އަލްޢުޘައިމީން ރަޙިމަހުﷲ މިފޮތުގެ ޝަރަޙައިގެ މުޤައްދިމާގައި ލިޔުއްވާފައިވެއެވެ. “އިމާމު ނަވަވީ ވަރަށް ގިނަ ފޮތްތައް ލިޔުއްވާފައިވެއެވެ. އެފޮތްތަކުގެ ތެރެއިން އެންމެ މޮޅު އެއްފޮތަކީ މިފޮތްކަމަށްވާ އަލްޢަރްބަޢޫނަ ނަވަވިއްޔާ އެވެ. […]