ތަވްޙީދުގެ މަންފާތަކުގެ ތެރެއިން…
1-ތަވްޙީދުގެ އަހުލުވެރިޔަކު ނަރަކައިގައި ދެމިނޯންނާނެއެވެ. ޢަޛާބު ޙައްޤުވާކަމަކަށް އަރައިގެންފައިވާނަމަ، އެކަމަކަށް ޢަޛާބުދެއްވުމަށްފަހު، ކޮންމެވެސް ދުވަހަކުން އޭނާ ނަރަކައިން ނެރެވި ސުވަރުގެ ވެއްދޭނެއެވެ. 2-އޭނާގެ ތަވްޙީދު ފުރިހަމަވެއްޖެނަމަ، އެއްގޮތަކަށްވެސް ނަރަކައަށް ނުވެއްދޭ މީހުންގެ ތެރެއިން އޭނާވެގެންދާނެއެވެ. އަދިކިއެއް! އެއްވެސް ޙިސާބަކާނުލައި ސުވަރުގެ ވެއްދޭ މީހުންގެ ތެރެއިންވެސް އޭނާ ވެގެން ހިނގައިދާނެއެވެ. 3-ޤިޔާމަތްދުވަހު، ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަގެ ޝަފާޢަތް ލިބޭ މީހުންގެތެރެއިން އޭނާ ވާނެއެވެ. 4-ފުރިހަމަ ހިދާޔަތު ލިބިގެންވާ މީހުންގެ ތެރެއިން އޭނާ ވާނެއެވެ. 5-އަދި ދުނިޔެއާއި އާޚިރަތުގައިވެސް އޭނާއަށް އަމާންކަން…