[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަވްޙީދުގެ މަންފާތަކުގެ ތެރެއިން…

tawhid

1-ތަވްޙީދުގެ އަހުލުވެރިޔަކު ނަރަކައިގައި ދެމިނޯންނާނެއެވެ. ޢަޛާބު ޙައްޤުވާކަމަކަށް އަރައިގެންފައިވާނަމަ، އެކަމަކަށް ޢަޛާބުދެއްވުމަށްފަހު، ކޮންމެވެސް ދުވަހަކުން އޭނާ ނަރަކައިން ނެރެވި ސުވަރުގެ ވެއްދޭނެއެވެ.

2-އޭނާގެ ތަވްޙީދު ފުރިހަމަވެއްޖެނަމަ، އެއްގޮތަކަށްވެސް ނަރަކައަށް ނުވެއްދޭ މީހުންގެ ތެރެއިން އޭނާވެގެންދާނެއެވެ. އަދިކިއެއް! އެއްވެސް ޙިސާބަކާނުލައި ސުވަރުގެ ވެއްދޭ މީހުންގެ ތެރެއިންވެސް އޭނާ ވެގެން ހިނގައިދާނެއެވެ.

3-ޤިޔާމަތްދުވަހު، ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަގެ ޝަފާޢަތް ލިބޭ މީހުންގެތެރެއިން އޭނާ ވާނެއެވެ.

4-ފުރިހަމަ ހިދާޔަތު ލިބިގެންވާ މީހުންގެ ތެރެއިން އޭނާ ވާނެއެވެ.

5-އަދި ދުނިޔެއާއި އާޚިރަތުގައިވެސް އޭނާއަށް އަމާންކަން ލިބިގެންދާނެއެވެ.

6-ކުރިމަތިވާ މުޞީބާތްތަކަށް ކެތްތެރިވާ މީހަކުކަމުގައި އޭނާ ވާނެއެވެ. އެހެނީ، ﷲ އެއިލާހުގެ އަޅަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެކަމާއި، ކޮންމެ ކަމެއްގައިވެސް ހެވެއް ވާނެކަން އޭނާ ޤަބޫލުކުރާނެއެވެ.

7-ފާފަވެރިންނަށް ދުނިޔެއާއި އާޚިރަތުގައިވެސް އޮތީ ގެއްލުމާއިހަލާކުކަން އޭނާގެ ހަނދާންނުން ފޮހެވިގެން ނުދާނެއެވެ. އެހެންކަމުން، ފާފަތަކާއި އެންމެހާ މުންކަރާތްތަކުން ދުރިހެލިވާން ގަދައަޅައި މަސައްކަތްކުރާ މީހަކުކަމުގައި އޭނާ ވާނެއެވެ.

8-މުޞީބާތެއް ކުރިމަތިވެއްޖެނަމަ، އެކަމުން އެންމެއަވަހަށް ސަލާމަތްވާ މީހުންގެ ތެރެއިން އޭނާ ވެގެންދާނެއެވެ. އެހެނީ އެހެނިހެން މަޚްލޫޤުންގެ އެހީއަށް އެދުމުގެ ބަދަލުގައި އޭނާ އެހީއަށް އެދިދަންނަވާނީ އެންމެހައި މަޚްލޫޤުންގެ ވެރިއިލާހަށެވެ.

9-ހިތްހަމަޖެހޭ އުފާވެރި ދިރުއުޅުމެއްލިބިގެންވާ މީހަކުކަމުގައި އޭނާވާނެއެވެ.

އަދި މިނޫންވެސް އެތައްތައް ފައިދާތަކެއް ތަވްޙީދުން ލިއްބައިދެއެވެ. މިފައިދާތައް އިތުރުވުމާއި މަދުވުން ބިނާވެގެންވަނީ އޭނާ ތަވްޙީދުގައި ހިފަހައްޓާ މިންވަރަކަށެވެ.