ނަބަވީ އިރުޝާދުތަކުގެ ތެރެއިން 22

ޢަލީ ބުން އަބީ ޠާލިބު ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. ހަމަކަށަވަރުން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމަ ފަށުވިފޮތިކޮޅެއް އެކަލޭގެފާނުގެ ކަނާތަތްޕުޅުން ނެންގެވިއެވެ. އަދި އަދި ރަންކޮޅެއް އެކަލޭގެފާނުގެ ވާއަތްޕުޅުން ނެންގެވުމަށް ފަހު ޙަދީޘްކުރެއްވިއެވެ.
ޞާލިޙު އަޅުންނާއި އެކުގައިވާށެވެ.

ސަޢުދު ބިން އަބީ ވައްޤާޞް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ތިމަންމެންގެ ތެރެއިން ހަ މީހަކު އެއްދުވަހެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއިއެކުގައި ވީމެވެ. އެ ހިނދު މުޝްރިކުންގެ ބަޔަކު އެކަލޭގެފާނުގެ އަރިހުގައި ބުންޏެވެ. އެމީހުން ދުރަށްލާށެވެ. ތިމަންމެންގެ މި ބައްދަލުވުމަށް އެމީހުން ނާންނަހުށިކަމެވެ. ދެން ސަޢުދު ބިން އަބީ ވައްޤާޞް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އެކަލޭގެފާނުގެ އަރިހުގައި ހުންނެވީ ތިމަންކަލޭގެފާނާއި، އިބްނު މަސްޢޫދާއި ، ހުޛައިލުގެ މީހަކާއި، ބިލާލު އާއި، އަދިވެސް އެހެން ދެމީހެކެވެ. އެދެމީހުން […]