[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞާލިޙު އަޅުންނާއި އެކުގައިވާށެވެ.

ةةةة

ސަޢުދު ބިން އަބީ ވައްޤާޞް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ތިމަންމެންގެ ތެރެއިން ހަ މީހަކު އެއްދުވަހެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއިއެކުގައި ވީމެވެ. އެ ހިނދު މުޝްރިކުންގެ ބަޔަކު އެކަލޭގެފާނުގެ އަރިހުގައި ބުންޏެވެ. އެމީހުން ދުރަށްލާށެވެ. ތިމަންމެންގެ މި ބައްދަލުވުމަށް އެމީހުން ނާންނަހުށިކަމެވެ.

ދެން ސަޢުދު ބިން އަބީ ވައްޤާޞް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އެކަލޭގެފާނުގެ އަރިހުގައި ހުންނެވީ ތިމަންކަލޭގެފާނާއި، އިބްނު މަސްޢޫދާއި ، ހުޛައިލުގެ މީހަކާއި، ބިލާލު އާއި، އަދިވެސް އެހެން ދެމީހެކެވެ. އެދެމީހުން ނަމެއް ތިމަންކަލޭގެފާނު ހަނދާނެއް ނެތެވެ.

ﷲ ތަޢާލާ އިރާދަކުރެއްވި އެއްޗެއް ދެން އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިތްޕުޅަށް، އަރާވަޑައިގަތެވެ. ދެން އެކަލޭގެފާނު ކޮންމެވެސް އެއްޗެއް އަމިއްލަ ނަފްސަށް ވިދާޅުވިއެވެ. ދެންފަހެ، ﷲ ތަޢާލާގެ މި ވަޙީބަސްފުޅު ބާވައިލައްވައިފިއެވެ. ” وَلَا تَطْرُ‌دِ الَّذِينَ يَدْعُونَ رَ‌بَّهُم بِالْغَدَاةِ وَالْعَشِيِّ يُرِ‌يدُونَ وَجْهَهُ … ” ﴿٥٢﴾ سورة الأنعام މާނަ: ” އަދި އެއުރެންގެ ވެރިރަސްކަލާނގެ ވަޖުހުފުޅު އެދިގެން ހެނދުނާއި، ހަވީރު އެއިލާހަށް ދަންނަވައި ދުޢާކޮށްއުޅޭ މީހުން ކަލޭގެފާނު ދުރުކޮށް ނުލައްވާށެވެ!  ” رواه مسلم

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށާއި، އެކަލޭގެފާނުގެ އުއްމަތަށް ﷲ ތަޢާލާ މިއަންގަވަނީ ޞާލިޙުންނާއި އެކުގައިވުމަށެވެ. އެބައިމީހުން ދޫނުކޮށްލުމަށެވެ. އަދި އެބައިމީހުންނާއި ގާތްކަންބޭއްވުމުގެ މައްޗަށް ކެއްތެރިވުމަށެވެ. އަދި އެބައިމީހުންނާއި އެކުގައި ވަގުތު ހޭދަކުރުމަށެވެ. ޚާއްސަކޮށް އެބައިމީހުންގެ ތެރެއިން ފަޤީރުންނާއި ނިކަމެތިންނާއި އެކުގައެވެ. އެހެނީ ޙަދީޘްގައި ބަޔާންވެ ދިޔަ އާޔަތް ބާވައިލެއްވުނީ އެބައިމީހުންނާއި މެދުގައެވެ. އެފަދަ ޞާލިޙުންނާއި އެކުގައި ވަގުތު ހޭދަކުރުމުން ދުނިޔެވީ ދަޅަތަކާއި ފިތުނަވެރިކަމާއި މީހާ ދުރުކޮށްދެއެވެ.

ދެން ﷲ ތަޢާލާ އެބައިމީހުންގެ އެންމެ މުހިއްމު ސިފަތައް ބަޔާންކޮށްދެއްވިއެވެ. އޭގެތެރޭގައި، ވަގުތާއި ހާލަތާއި ގުޅޭގޮތުން އެބައިމީހުންގެ ވަގުތުތައް ﷲ ތަޢާލާއަށް އަޅުކަންކުރުމުގައި ހޭދަކުރެއެވެ. އެބައިމީހުންގެ ހަމައެކަނި އެދުމަކީ އެބައިމީހުންގެ ވެރި ރައްބު ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދުމެވެ.

އެއަށްފަހު ދުނިޔެއާއި ދުނިޔޭގެ ޒީނަތްތެރިކަމަށް އެދޭ އަދި އާޚިރަތާއިމެދު ޣާފިލުވެ ދުނިޔޭގެ ދިރިއުޅުމާއިމެދު ރުހިގެންތިބޭ މީސްތަކުން އެކުވެރިންކަމުގައި ހެދުން، ﷲ ތަޢާލާ ނަހީކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ” … وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِ‌نَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُ‌هُ فُرُ‌طًا ﴿٢٨﴾  “سورة الكهف މާނަ: ” އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް ޣާފިލުކޮށް، އަދި އެމީހެއްގެ އަމިއްލަ އެދުމަށް ތަބާވެ، އަދި އެމީހެއްގެ ކަންތައް ނުބައިކަމުގައި ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! “

އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” އިންސާނާއަށް އޭނާގެ އެކުވެރިޔާގެ ޞިފަތަކުން އަޘަރުކުރެއެވެ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހަކު އެ އެކުވެރިއެއްކަމުގައި ހަދަނީ ކާކުތޯބަލާހުށިކަމެވެ. “ رواه أبو داود