[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބަވީ އިރުޝާދުތަކުގެ ތެރެއިން 22

hadis

عَنْ عَلِيِ بْنِ أَبِيْ طَالِبْ رَضِيَ الله عَنْهُ قَالَ : إِنَّ رَسُولَ الله صَلَّى الله عَلَيْهِ وَسَلَّمَ أَخَذَ حَرِيْراً فَجَعَلَهُ فِيْ يَمِيْنِهِ، وَ أَخَذَ ذَهَباً فَجَعَلَهُ فِيْ شِمَالِهِ، ثُمَّ قَالَ : (( إِنَّ هَذَيْنِ حَرَامٌ عَلَى ذُكُوْرِ أُمَّتِيْ )). [رواه أحمد وأبو داود والنسائي/ وقال الألباني في صحيح الترغيب والترهيب أنه صحيح لغيره، رقم: ٢۰٤٩]

ޙަދީޘްގެ މާނަ :

ޢަލީ ބުން އަބީ ޠާލިބު ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. ހަމަކަށަވަރުން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމަ ފަށުވިފޮތިކޮޅެއް އެކަލޭގެފާނުގެ ކަނާތަތްޕުޅުން ނެންގެވިއެވެ. އަދި އަދި ރަންކޮޅެއް އެކަލޭގެފާނުގެ ވާއަތްޕުޅުން ނެންގެވުމަށް ފަހު ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން މި ދެ އެއްޗަކީ ތިމަންކަލޭގެފާނުގެ އުންމަތުގެ ފިރިހެނުންގެ މައްޗައް ޙަރާމް ދެ އެއްޗެވެ”.

މިޙަދީޘް ގެންނަވާފައިވަނީ އިމާމް އަޙްމަދު، އަބޫދާވުދު އަދި ނަސާއީއެވެ.

މިޙަދީޘުން ލިބޭ ބައެއް ފައިދާ :

* މިޙަދީޘުން ދޭހަވާގޮތުގައި ފަށުވިއާއި ރަނަކީ މި އުންމަތުގެ ފިރިހެނުންގެ މައްޗަށް ޙަރާމްވެގެންވާ އެއްޗެކެވެ.

* މިއުންމަތުގެ އަންހެނުންނަށް މިދެބާވަތަކީ ހުއްދަ އެއްޗެކަންވެސް ޙަދީޘުން ދަލީލު ކުރެއެވެ.

* ކުޑަކުއްޖެއްކަމުގައި ވިޔަސް ބޮޑުމީހެއްކަމުގައި ވިޔަސް ފިރިހެނުންނަށް މިދެބާވަތް ޙަރާމް ވެގެންވާކަން ދޭހަވެއެވެ.