ނަމާދުގެ ފަހުން ކިޔުމަށް ވާރިދުވެފައިވާ ބައެއް ޒިކުރުތައް

ނަމާދުން ސަލާންދީ ނިމުމަށްފަހުގައި، ނަމާދުގެ ފަހުން ކިޔުމަށް އައިސްފައިވާ ޒިކުރިތައް ކިޔުން ނަމާދުކުރާމީހާގެ މައްޗަށް މުސްތަޙައްބުވެގެން ވެއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ” فَإِذَا قَضَيْتُمُ الصَّلَاةَ فَاذْكُرُوا اللَّـهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِكُمْ … ﴿١٠٣﴾ ” سورة النساء މާނަ: ” އަދި، ތިޔަބައިމީހުން ނަމާދުކޮށް އަވަދިވެއްޖިއްޔާ، ތިޔަބައިމީހުން ﷲ ހަނދުމަކޮށް އުޅޭށެވެ! ކޮޅަށްތިބޭ ހާލުގައްޔާއި، އިށީނދެތިބޭ ޙާލުގައްޔާއި، އޮށޯވެތިބޭ ޙާލުގައެވެ… “ އޭގެތެރޭގައި، 1 – ތިންފަހަރު އަސްތަޣުފާރުކުރުން ( أَسْتَغْفِرُ […]
ޢަލްމާނިއްޔަތު ނުވަތަ ސެކިއުލަރިޒަމްގެ ޙުކުމް

ޢިލްމާނިއްޔަތަކީ އިލްޙާދެކެވެ. އެހެނީ ދައުލަތާ ދީން އެބައިމީހުން ވަކިކުރެއެވެ. ޢަލްމާނިއްޔަތަކީ މިއީއެވެ. ދައުލަތުން ދީން އެކަހެރި ކުރުމެވެ. މިއީ އިލްހާދެކެވެ.