ނަމާދުން ސަލާންދީ ނިމުމަށްފަހުގައި، ނަމާދުގެ ފަހުން ކިޔުމަށް އައިސްފައިވާ ޒިކުރިތައް ކިޔުން ނަމާދުކުރާމީހާގެ މައްޗަށް މުސްތަޙައްބުވެގެން ވެއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ” فَإِذَا قَضَيْتُمُ الصَّلَاةَ فَاذْكُرُوا اللَّـهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِكُمْ … ﴿١٠٣﴾ ” سورة النساء މާނަ: ” އަދި، ތިޔަބައިމީހުން ނަމާދުކޮށް އަވަދިވެއްޖިއްޔާ، ތިޔަބައިމީހުން ﷲ ހަނދުމަކޮށް އުޅޭށެވެ! ކޮޅަށްތިބޭ ހާލުގައްޔާއި، އިށީނދެތިބޭ ޙާލުގައްޔާއި، އޮށޯވެތިބޭ ޙާލުގައެވެ… “
އޭގެތެރޭގައި،
1 – ތިންފަހަރު އަސްތަޣުފާރުކުރުން ( أَسْتَغْفِرُ الله ، أَسْتَغْفِرُ الله ، أَسْتَغْفِرُ الله ) – رواه مسلم –
2 – އެއަށްފަހު، މިފަދައިން ކިޔުން ( اللهمّ أَنْتَ السَّلام وَ مِنْكَ السَّلام تَبَارَكْتَ يَا ذا الْجَلاَلِ وَ الْإكْرَام ) – رواه مسلم –
އިމާމެއްކަމުގައިވާނަ، މިހިސާބަށް ކިޔުމަށްފަހުގައި، މައުމޫމުންނާއި ކުރިމަތިވާގޮތަށް އެނބުރޭނީއެވެ.
3 – އެއަށްފަހުގައި މިފަދައިން ކިޔުން ( لا إله إِلاَّ الله وَحْدَه لا شَرِيْكَ لَه, لَه المُلْك وَ لَه الْحَمْدُ وَ هُوَ عَلَى كُلِّ شَيْءٍ قَدِيْر , لا حَوْلَ وَلا قُوَّةَ إلّا بِااللهِ , لا إله إِلاَّ الله , وَلا نَعْبُدُ إِلّا إيّاه , لَه النِّعْمَة وَلَه الْفَضْلُ وَ لَه الثَّناء الحسن , لا إله إِلاَّ الله مُخْلِصِيْن لَه الدِّيْن وَلَو كَرِهَ الْكافِرُون )) – رواه مسلم – (( اللهمَّ لا مَانِعَ لِمَا أَعْطَيْتَ وَلَا مُعْطِيْ لِمَا مَنَعْتَ وَلَا يَنْفَعْ ذا الْجَدِّ مِنكَ الْجَدُّ )) – رواه البخاري و مسلم –
4 – އެއަށްފަހު (( سُبْحَانَ اللهِ وَالْحَمْدُ لِلهِ وَ الله أَكْبَرُ )) – رواه البخاري و مسلم – މި ޒިކުރުތައް 33 ފަހަރު ކިޔުން. އަދި ((لا إله إِلاَّ الله وَحْدَه لا شَرِيْكَ لَه, لَه المُلْك وَ لَه الْحَمْدُ وَ هُوَ عَلَى كُلِّ شَيْءٍ قَدِيْر )) – رواه مسلم – މިފަދައިން ބަރާބަރު 100 ފަހަރު ކިޔުން.
5 – އެއަށްފަހު އާޔަތުލް ކުރުސި ކިޔުން. – أخرجه النسائي وَ صححه الألباني –
އަދި އިޚްލާޞް، ފަލަޤު ، ނާސް، މިތިންސޫރަތް، މެންދުރު ނަމާދާއި އަސުރުނަމާދާއި ޢިޝާނަމާދުގެ ފަހުން އެއްފަހަރުކިޔުން. އަދި ފަތިސްނަމާދާއި މަޣުރިބުނަމާދުގެ ފަހުން ކޮންމެ ސޫރަތެއް 3 ފަހަރު ކިޔުން. – أخرجه النسائي
މަޞްދަރު : موسوعة الفقه الميسر