ކައިވެނި

ގިނަގުނަ ޘަނާއާއި ޙަމްދު، ގަދަ ކީރިތިވަންތަ މާތްﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދަންނަވަމެވެ. ޞަލާވާތާއި ސަލާމް، އެއިލާހުގެ ލޮބުވެތި ޙަބީބު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަށް ލެއްވުން އެދި އެއިލާހުގެ ޙަޟްރަތުން އެދެމެވެ. އަދި މިޞަލަވާތުގައި އެރަސޫލާގެ ލޮބުވެތި މާތް ޞަޙާބީންނާއި ޤިޔާމަތާ ހަމައަށް އެރަސޫލާއަށް ތަބާވި އެންމެހާ މުސްލިމުން ޝާމިލުކުރައްވާށި! މާތްވެގެންވާ އިސްލާމް ދީނަކީ އެންމެ މާތް ދީނެވެ. އެދީނުގެ ޝަރީޢަތަކީ އެންމެ މަތިވެރި، އަދި އެންމެ ޝާމިލު، އެންމެ ފުރިހަމަ ރައްބާނީ ޝަރީޢަތެވެ. އިސްލާމްދީނުގައި ކަނޑައެޅިފައިވާ […]
ކުޑަކުދިންގެ ނަފްސުތަކުގައި ތަޥްޙީދު މަތިވެރިކުރުން -1-

ތަޥްޙީދަކީ ހުރިހާ ކަމެއްގައިވެސް ﷲ ތަޢާލާ އެއްކައުވަންތަ ކުރުމެވެ. ﷲ ތަޢާލާ އެއްކައުވަންތަ ކުރުމަކީ އެންމެ މުހިއްމުކަމެވެ. އަދި އަޞްލުތަކުގެ ތެރެއިން އެންމެ މުހިއްމު އަޞްލެވެ. މާތް ﷲ އެންމެހައި ރަސޫލުބޭކަލުން ފޮނުއްވައި، ފޮތްތައް ބާވައިލެއްވީ އެއިލާހު އެއްކައުވަންތަ ކުރުމަށްޓަކައެވެ. އަދި ޙައްޤުގޮތުގައި ﷲ އެއްކައުވަންތަކުރުމަކީ ދީނީގޮތުންނާއި ދުނިޔެވީގތޮތުންނާއި އަދި ކައްވަޅާއި އާޚިރަތުގައިވެސް އުފާވެރިކަން ލިބިގެންދާކަމެވެ. މިކަމަކީ މިހާ މުއްހިއްމު ކަމަކަށްވުމާއެކު އެންމެހާ ނަބީބޭކަލުންވެސް އެބޭކަލުންގެ ޙަޔާތުގެ ހުރިހާ މަރުޙަލާއެއްގައިވެސް މިކަމަށް ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދެއްވިއެވެ. އެބޭކަލުން […]