ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 10 “ފުރަތަމަ ބަހުޘް”
އަދި މާތްވެގެންވާ ޞަޙާބީ، ޢުމައިރު ބްންލްޙުމާމް [1] رضي الله عنه ވިދާޅުވެފައި ވެއެވެ. رَكْـضًـا إِلَـى اللهِ بِـغَـيْرِ زَادٍ إِلاَّالـتُّقَى وَعَمَـلِ الْـمَعَـادِ وَالصَّبْرِ فِي اللهِ عَـلَى الْجِهَـادِ وَكُـلُّ زَادٍ عُرْضَـةُ الـنَّفَـادِ غَيْرَ الـتُّقَى وَالْـبِرِّ وَالرَّشَـادِ [2] މިޅެމުގައި އެކުލެވިގެންވާ މާނައީ: “ކޮށްތަކާ ނުލާވެސް ﷲގެ ޙަޟްރަތަށް އަވަސްވެގަންނާށެވެ. ތަޤްވާވެރިކަމާއި އާޚިރަތަށްޓަކައި ކުރާ ޢަމަލެއް ފިޔަވައެވެ. އަދި ﷲގެ މަގުގައި ޖިހާދުކުރުމުގައި…