[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޒުވާނުންނާއި އަޅުކަމުގެ ލައްޛަތާއި މީރުކަން – 1

DSC00366

އަޅުކަމަށް އަހުރެމެންބޭނުންވެގެންވާވުމަކީ فطري ބޭނުމެކެވެ. الله تعالى ވަނީ އެކަލާނގެ އެންމެހާ އަޅުތަކުންގެ ކިބައިގައި އެ فطرة ލައްވަވާފައެވެ. އަޅުކަންކުރުމުގައި މީސްތަކުންގެ ތެރޭގައި ތިން ބައެއްވެއެވެ. އެއްބަޔަކީ ބައެއް އުރެދުންތައް ކުރުމުން ތިމާގެ ނަފުސަށް އަނިޔާ ކުރާބަޔެކެވެ. އަނެއް ބަޔަކީ މެދުމިންވަރު اختيار ކޮށްގެންވާ ބަޔެކެވެ. އެއީ فرض ތަކާއި ވާޖިބުތައް އަދާކުރުމާއި އެކު حرام ކަންތަކުން ދުރުވެ އެއްކިބާވެގެންވާ ބައެކެވެ. ތިންވަނަ ބަޔަކީ ހެއުކަންތައް ކުރުމުގައި އެއްބަޔަކު އަނެއްބަޔަކަށްވުރެ ކުރިއަރައިދިއުމަށް ގަދައަޅައި މަސައްކަތްކުރާ މީހުންނެވެ. އެއީ فرض ތަކާއި ވާޖިބުތައް އަދާ ކުރުމާއިއެކު ސުންނަތްތަކާއި، ނަފްލު ކަންތައް ވެސް ކުރަމުންދާ މީހުންނެވެ. މިކަމަކީ ތަރުބިއްޔަތާއި ގުޅިފައިވާ ކަމެކެވެ. މިކަމުގައި ޒުވާނުންގެ ތެރެއިން ގިނަބަޔަކީ ފަރުވާލެއް ނުބަހައްޓާ ބައެކެވެ.

އަޅުކަމުގެ أصل އަކީ (الله تعالى ގެ حضرة ގައި) އަޅާ ތިމާގެ ނިކަމެތިކަމާއި ތިމާމެންގެ ނިކަމެތިކަން قبول ކޮށް އެކަލާނގެއަށް ބޯލަނބައި ކިޔަމަންވުމެވެ. އެހެންކަމުން شرعي وظيفة ތަކަށް އަޅުކަމުގެ ނަމުން ނަންދެވުނެވެ. އެގޮތަކީ އަޅުތަކުން އެކަން ލާޒިމު ކަންތައް ކަމުގައިދެކެ އެކަން އަދާކޮށްއުޅެނީ الله تعالى އަށް ނިކަމެތިވެހުރެއެވެ. އަދި خشوع އާއި خضوع އާއި އެކުގައެވެ. މިދެންނެވުނީ އަޅުކަމުގެعام تعريف އެކެވެ. މީގައި އަންނަނިވި ތިންބައި ޝާމިލުވެގެންވެއެވެ.

އެއީ: 1 – ނިކަމެތިކަމާއި خضوعة ތެރިކަމެވެ. 2 – ކިޔަމަންތެރިކަމާއި އެކު ބޯލަނބައި عملي ގޮތުން އެކަން ކުރުމެވެ. 3 – އަޅުކަމާއި އުލޫހިއްޔަވަންތަކަމެވެ.

އަޅުކަންކުރުމުން އެއްކިބާވެ އެކަމުން ދުރުވެގެންވަނިކޮށް ޒަމާންތަކާއި ވަގުތުތައް އަހުރެމެންގެ ކިބައިން ފާއިތުވެގެންހިނގައްޖެއެވެ. އެއީ الله تعالى އަށް ކިޔަމަންތެރިކަން އަދާކުރުމާއި މެދު ދަހިވެތިވުމަށްފަހު އެކަމަށް ފަރުވާނުބަހައްޓައި އެކަން ދޫކޮށްލެވިފައި ވުމުންނެވެ. ވީމާ މިކަން މިގޮތަށްކުރެވުނީތީ އެކަމާއިމެދު އަހުރެމެން ދެރަވެ ހިތާމަކުރަމެވެ.

آل عمران ސޫރަތުގެ (15) ފަނަރަވަނަ އާޔަތް އަހުރެމެން ކިޔަވައި އުޅުމާއި އެކުވެސް މިކަން މިގޮތަށް ކުރެވެނީ ކީއްވެ ހެއްޔެވެ؟

) قُلْ أَؤُنَبِّئُكُمْ بِخَيْرٍ مِنْ ذَٰلِكُمْ لِلَّذِينَ اتَّقَوْا عِنْدَ رَبِّهِمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَأَزْوَاجٌ مُطَهَّرَةٌ وَرِضْوَانٌ مِنَ اللَّهِ وَاللَّهُ بَصِيرٌ بِالْعِبَادِ)

“އޭ محمّد ، ކަލޭގެފާނު އެމީހުނަށް ވިދާޅުވާށެވެ! މިދުނިޔޭގައި މީސްތަކުންނަށް ޒީނަތްތެރިކޮށް ދަޅަދައްކައި ހެއްލުންތެރިކުރުވާ ކަންތަކަށްވުރެ الله تعالىގެ ޢަޒާބަށް ބިރުވެތިވެ އެކަލާނގެ ތިމަންމެނަށް ބައްލަވައި ވޮޑިގެންވާ ކަމުގައިދެކި އެކަލާނގެއަށް ކިޔަމަންވެގެންވާ މީހުނަށްހުރި ހެއުކަމުގެ خَبر ތިމަންރަސޫލާ ތިޔަބައިމީހުންނަށް ދެއްވަންހެއްޔެވެ؟”

އެއީ ހައްދަވައި ބޮޑުކުރައްވާ ރަސްކަލާނގެ حضرة ގައި އެމީހުންނަށްހުރި ސުވަރުގެތަކެވެ. އެތަނުގައިވާ ގަނޑުވަރުތަކާއި ގަސްތަކުގެ ދަށުގައި ކޯރުތައް ހިނގަހިނގައި ހުންނާނެއެވެ. އެމީހުން އެތާގައި ތާއަބަދު ދެމިތިބޭނެއެވެ. އަދި އެތާގައި އެމީހުންނަށް حيض އާއި نفاس ކަމުގެ ލެއިންނާއި ނުބައި އަޚްލާޤުން ޠާހިރުވެގެންވާ އަ ނބީންވާނެއެވެ. އަދި މިއަށްވުރެވެސް ބޮޑު نعمة އެއް އެމީހުންނަށް ލިބުންވެއެވެ. އެއީ الله تعالى ގެ ރުހިވޮޑިގަތުން އެމީހުންނަށް ލިބުމެވެ. الله تعالىއީ އެކަލާނގެ خلق ތަކުންގެ ހުރިހާކަމެއް މޮޅަށް ބައްލަވައި ވޮޑިގެންވާ ރަސްކަލާނގެއެވެ.

މިގޮތުން އަހުރެމެންގެ ނަފުސުތައް އަޅުކަމުގައި އާދަވެ شعور ތައް ފުރިހަމަވެ އަހުރެމެންގެ ޙިއްސުތައް ހޭލެވިދާނެއެވެ. ވީމާ މިދިރިއުޅުން ފުރިހަމަވެގެންދާހުށީ ބާއްޖަވެރި ކަމަކަށެވެ. އެއީ އަހަރުމެންގެ ފުރާނަތަކާއި ގުނަވަންތައް އެދުވަހެއްގައި الله تعالى ގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންވެ އެއަށް عمل ކުރުމުންނެވެ. އަދި މިއާ خلاف އަށް އަހުރެމެންގެ عمل ތައް ދާނަމަ ދިމާވަނީ އުނދަގުލާއި ދަތި ދިރިއުޅުމުގެ ދުވަސްތަކާއިއެވެ.

އެއީ سورة طهގެ (124) ވަނަ އާޔަތުގައި وحي ކުރައްވާފައިވާ ފަދައިންނެވެ.

( وَمَنْ أَعْرَضَ عَنْ ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنْكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ)

“ތިމަންރަސްކަލާނގެ ހަނދުމަކޮށް އުޅުމުން އެއްކިބާވެ އެކަމުން މޫނު އަނބުރާލި މީހަކަށް ހުރީ ދުނިޔޭގެ އުނދަގުލާއި ދަތިކަމެވެ. ފެންނަފެނުމުގައި އެމީހަކީ އަތްމަތި ތަނަވަސް މީހަކު ކަމުގައިވިއަސްމެއެވެ. އަދި قِيَامَة ދުވަހުގައި ތިމަން ރަސްކަލާނގެ އެމީހަކު محشر ކުރައްވަވާހުށީ ކަނުމީހެއްގެ ގޮތުގައެވެ. ދައްކާނެ حجة އެއް ދަލީލެއް ނެތް ގޮތުގައިމެއެވެ.”

އަޅުކަންތައް ކުރުމުން މެދުކެނޑިގެންދިއުމުން ފާޅުވާބައެއް ސަބަބުތައް:
ހިތުގެ ހަރުކަށިކަން

ހަމަކަށަވަރުން އިންސާނާ އޭނާގެ ހިތުގެ ކުރަކިކަމާއި ހަރުކަށިކަން މިދަރަޖައަށް ހަރުކަށިވެއްޖެކަމާއި މެދު އިޙްސާސް ކުރެއެވެ. އަދި ހަމަކަށަވަރުން އޭނާގެ ހިތް މިހާރު މިވަނީ ހަރުވަމުންގޮސް ހިލައަށްވެފައެވެ. އެއީ އެއްވެސް އެއްޗަކުން އެހިތަށް އަސަރެއް ނުކުރުމާއި، އެއިން އެހެންއެއްޗަކަށް އަސަރެއް ނުކުރުވުމާއި އަދި އެއްވެސްކަމަކަށް މަޑުމައިތިރިވުމެއް ނެތުމުންނެވެ.

ކީރިތި قرآن ކިޔެވުމާއި އެއަށް ޢަމަލު ކުރުން ދޫކޮށްލުން

ކީރިތި قرآن ގެ އާޔަތްތަކާއި އޭގެ وعيد އާއި ބިރުގެންނެވުމަކުން އަދި قرآن ގައި އައިސްފައިވާ އަމުރުފުޅުތަކާއި އޭގައި ނަހީ ކުރައްވާފައިވާ ކަންތަކާއި އަދި قِيَامَة ދުވަސް ސިފަކުރައްވާފައިވާ ކަންތަކުން ކުރެ އެއްވެސް ކަމަކުން އަސަރެއް ނުކުރުމެވެ. އޭނާ އެމަތިވެރިމާތް قرآن އަޑުއަހައި އުޅެނީ އާދައިގެ މީހެއްގެ ވާހަކައެއް އަހައި އުޅޭ ފަދައިންނެވެ. އަދި ކީއްތޯއެވެ. އަދި ކީރިތި قرآن އެހުމާއި މެދު އޭނާގެ މޭވަނީ ދަތިކަމަކަށް ވެފައެވެ. ވީމާ قرآن ކިޔަވައި އެއިންލިބިގަންނަންވީ ފައިދާ ލިބިގަތުމަކަށް އޭނާ ކުޅަދާނަވެގެންނުވެއެވެ. އެހެންކަމުން ދުވާލަކު އާދަކޮށް ކިޔެވުމަށް ހަމަޖެހިފައިވާ މިންވަރު، ތިލާވަތުކުރުމަކީވެސް އޭނާއަށް ވާނެ ކަމެއްނޫނެއެވެ.

-ނުނިމޭ-

މިލިޔުމުގެ އެހެން ބައިތައް ބައްލަވާ