ދަޢުވަތު ސިލްސިލާ 13: (ލޯބިވެރިންގެ ދުވަސް ފާހަގަކުރުން)
މި ޕޯސްޓަރަކީ ‘ވެލަންޓައިންސް ޑޭ’ އަކީ މުސްލިމުން އެދުވަހެއްގައި ބައިވެރިވެ ފާހަގަކޮށްގެން ނުވާނެކަން ބަޔާންކޮށްދީ، الشيخ آدم نشان بن على آدم ލިޔުއްވާފައިވާ ލިޔުމަކުން ހަދާފައިވާ ޕޯސްޓަރެކެވެ.
ސިވާކުގެ ޙުކުމް
ހުރިހާ ވަގުތެއްގައިވެސް ދަތްއުނގުޅުމަކީ ސުންނަތްކަމެކެވެ.
ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 26 “ފަސްވަނަ ބަހުޘް”
މީސްތަކުންގެ ތުންތުންމަތީ ޙަދީޘްއެއްކަމަށް މަޝްހޫރުވެފައިވާ ބަހަކަށް ޖަވާބުދެއްވުމަށް ފަހު، އަލްއިމާމު ސުޔޫޠީ -رحمه الله- “الحَاوِي” [ކިޔުނު ފޮތުގައި] ވަރަށް އަޖައިބުވާފަދަ ބަސްފުޅެއް ވިދާޅުވެފައިވެއެވެ. [އެވާހަކައަކީ:] ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ފަސްދާނުކޮޅުގައި އެއްހާސްއަހަރު ނޯންނަވާނެއެވެ؟ [އަލްއިމާމު ސުޔޫޠީ] ވިދާޅުވިއެވެ. “އެއީ ހަމަކަށަވަރުންވެސް އެއްވެސް އަޞްލެއްނުވާ ބާޠިލް ވާހަކައެއް ކަމުގައި ތިމަންނާ އެއަށް ޖަވާބުދެމެވެ.” އަދި އެކަމާބެހޭގޮތުން “الكَشْفُ عَنْ مُجَاوَزَةِ هَذِهِ الأُمَّة الأَلْف” ނަންދެއްވާފައިވާ ލިޔުއްވުމެއް ލިޔުއްވިވާހަކަ ވިދާޅުވެފައި ވެއެވެ. […]
ނަމާދު އަޅާ މީހާގެ ޙުކުމް 2
ފުރަތަމަ: ކީރިތި ޤުރުއާނުގެ ދަލީލުތައް ﷲ ތަޢަލާ ތައުބާ ސޫރަތުގައި ވަޙީކުރެއްވިއެވެ. ﴿فَإِنْ تَابُوا وَأَقَامُوا الصَّلَاةَ وَآَتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ﴾[التوبة: 11] މާނައީ: “ފަހެ، އެއުރެން ތައުބާވެ، ނަމާދު ޤާއިމްކޮށް، ޒަކާތް ދީފިނަމަ، ފަހެ، އެއުރެންނަކީ، ދީނުގައި ތިޔަބައިމީހުންގެ އަޚުންނެވެ.” އަދި އެކަލާނގެ މަރިޔަމް ސޫރަތުގައި ވަޙީކުރެއްވިއެވެ. ﴿ فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا (59) إِلَّا مَنْ تَابَ وَآَمَنَ وَعَمِلَ […]