ގޭގެއަށް ޒިޔާރަތްކުރުމުގެ އަދަބުތައް (5)

އެ ގެއެއްގެ އަހުލުވެރިންނަށް އުނދަގޫނުވާ ގަޑިތަކުގައި ޒިޔާރަތްކުރުމާއި، އެ ގޭގެ އަހުލުވެރިން ހިތްހަމަނުޖެހޭހާ ގިނައިރު ވަންދެން އެ ގެއެއްގައި މަޑުނުކުރުމާއި، ޒިޔާރަތްކުރާއިރު ސާފުތާހިރުވުމާއި، އެ ގޭގެ އަހުލުވެރިންނާ ވާހަކަ ދައްކާއިރު މަޑުމައިތިރިކަމާއި އޯގާތެރިކަމާއި އިޙްތިރާމާއި އުފާވެރިކަމާއެކު ވާހަކަ ދެއްކުމަކީ ރިވެތި އަދަބުތަކެކެވެ.
ވުޟޫގެ ފަރުޟުތައް

ޥުޟޫގެ ފަރުޟުތައް ހައެކެވެ. އެއީ: 1- މުޅި މޫނު އެއްކޮށް ދޮވުން. މިކަމުގެ ދަލީލަކީ ﴿إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ﴾ [المائدة :٦] މާނައީ: “ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، )އެބަހީ: ނަމާދުކުރަން ޤަޞްދުކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތައް ދޮންނާށެވެ.” އަނގަދޮވުމާއި ނޭފަތަށް ފެންލުން ހިމެނެނީ މޫނުދޮވުމުގެ ތެރެއިންނެވެ. އެހެނީ އަނގައާއި ނޭފަތްވަނީ މޫނުގެ ތެރެއިންނެވެ. 2- ދެއަތް ދެއުޅަނބޮށިކަށްޓާއެކު ދޮވުން: ދަލީލަކީ ﷲގެ ބަސްފުޅެވެ. ﴿وَأَيْدِيَكُمْ إِلَى الْمَرَافِقِ﴾ [المائدة :٦] މާނައީ: “އަދި […]