[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވުޟޫގެ ފަރުޟުތައް

1798760_226296847575387_170576397_nޥުޟޫގެ ފަރުޟުތައް ހައެކެވެ. އެއީ:
1- މުޅި މޫނު އެއްކޮށް ދޮވުން. މިކަމުގެ ދަލީލަކީ ﴿إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ﴾ [المائدة :٦] މާނައީ: “ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، )އެބަހީ: ނަމާދުކުރަން ޤަޞްދުކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތައް ދޮންނާށެވެ.” އަނގަދޮވުމާއި ނޭފަތަށް ފެންލުން ހިމެނެނީ މޫނުދޮވުމުގެ ތެރެއިންނެވެ. އެހެނީ އަނގައާއި ނޭފަތްވަނީ މޫނުގެ ތެރެއިންނެވެ.
2- ދެއަތް ދެއުޅަނބޮށިކަށްޓާއެކު ދޮވުން: ދަލީލަކީ ﷲގެ ބަސްފުޅެވެ. ﴿وَأَيْدِيَكُمْ إِلَى الْمَرَافِقِ﴾ [المائدة :٦] މާނައީ: “އަދި ތިޔަބައިމީހުންގެ އަތްތައް ދެއުޅަނބޮށިކަށްޓާއެކު ދޮންނާށެވެ!”
3- މުޅި ބޮލުގައި ފެންފުހުން (ދެކަންފަތާއެކު) ދަލީލަކީ ﷲގެ ބަސްފުޅެވެ. ﴿وَامْسَحُوا بِرُءُوسِكُمْ﴾ [المائدة :٦] މާނައީ: “އަދި ތިޔަބައިމީހުންގެ ބޯތަކުގައި ފެންފުހޭށެވެ!” އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ބަސްފުޅު ((الأُذُناَنِ مِنَ الرَّأْسِ [رواه الترمذي برقم 37 وابن ماجه برقم 443 وصححه الألباني (صحيح سنن ابن ماجه برقم 357 والسلسلة الصحيحة برقم 36) وأفاض الشيخ رحمه الله في جمع طرقه والكلام عليه] މާނައީ: “ދެކަންފަތް ވަނީ ބޮލުގެ ބައެއްކަމުގައެވެ.” ބޮލުން ބައެއްގައި ފެން ފުހުމުން މި ފަރުޟު އަދާވީ ކަމަކަށް ނުވާނެއެވެ.
4- ދެފައިތިލަ ދެ ތަނބިކައްޓާއެކު ދޮވުން: ދަލީލަކީ ﷲގެ ބަސްފުޅެވެ. ﴿وَأَرْجُلَكُمْ إِلَى الْكَعْبَيْنِ﴾ މާނައަކީ: “އަދި ތިޔަބައިމީހުންގެ ފައިތިލަތައް ދެތަނބިކައްޓާއިއެކު ދޮންނާށެވެ!”.
5- އިސްވެދިޔަ ފަރުޟުތައް ތަރުތީބުން ކުރުން: އެކަމުގެ ދަލީލަކީ އަލްމާއިދާ ސޫރަތުގެ 6 ވަނަ އާޔަތުގައި ޥުޟޫގެ ފަރުޟުތައް ތަރުތީބުން އައިސްފައިވުމާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ތަރުތީބުން އެކަންތައްތައް ކުރައްވާފައިވުމެވެ. އެއީ މޫނު، ދެއަތް، ބޯ އަދި ދެފައެވެ. ޢަބްދުﷲ ބުނު ޒައިދު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޟޫކުރެއްވިގޮތް ސިފަކޮށްދެއްފައިވާ ޙަދީޘުގައި [أخرجه مسلم برقم 235] ވާރިދުވެފައިވާ ފަދައިންނެވެ.
6- މުވާލާތުކުރުން: އެއީ އެއްގުނަވަނެއް ދޮވުމަށްފަހުގައި ލަސްނުކޮށް އަނެއްގުނަވަން ދޮވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޟޫކުރެއްވީ މުވާލާތުކޮށެވެ. އެކަމުގެ ދަލީލަކީ ޚާލިދު ބިން މަޢްދާން ރަޟިޔަﷲ ޢަންހުގެ މި ޙަދީޘެވެ. أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ رَأَى رَجُلاً يُصَلِّي وَفِي ظَهْرِ قَدَمِهِ لُمْعَةٌ قَدْرُ الدِّرْهَمِ لَمْ يُصِبْهَا الْمَاءُ فَأَمَرَهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ يُعِيدَ الْوُضُوءَ وَالصَّلاَةَ ‏.‏ [رواه أحمد 3/424 وأبوداود برقم 175 وصححه الأباني – انظر إرواء الغليل 1/137 ] “މީހެއްގެ ފައިތިލައިގެ މަތީގައި ފެންނުޖެހި (ނުދޮވެވި) ދިރުހަމެއް ވަރުގެ ތަންކޮޅެއްހުރި ޙާލު، މީހަކު ނަމާދު ކުރަނިކޮށް ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެވަޑައިގެން، އެމީހާ އަލުން ވުޟޫކުރުމަށާއި އަލުން ނަމާދުކުރެއްވުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ.”
މުއާލާތުކުރުމަކީ ޝަރުޠަކަށް ނުވާނަމަ އެކަލޭގެފާނު އަމުރުކުރެއްވީހީ ހަމައެކަނި ނުދޮވެވިވާ ގުނަވަން ދޮވުމަށެވެ. އަލުން ވުޟޫކުރުމަށް އަމުރުނުކުރެއްވީހެވެ.
މި ޙަދީޘްގައި މިވާلُمْعَةٌ ގެ މާނައަކީ ވުޟޫކުރުމުގައި ނުވަތަ ދޮވުމުގައި ފެންނުޖެހި ހުންނަ ތަނެވެ.

الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد