ފޮތް: އީމާންކަން
الحمد لله رب العالمين ، و الصلاة و السلام على نبينا محمد و على آله و صحبه أجمعين. އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ މަޤްޞަދުކަމުގައިވާ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އެކަނި އަޅުކަންކުރުމުގެ މަތިވެރި މަޤްޞަދު ޙާޞިލްވުމުގެ ފުރަތަމަ ފިޔަވަޅަކީ އެއިލާހަށް ފުރިހަމަގޮތުގައި އަޅާ އީމާންވުމެވެ. އީމާންކަމުގެ މުހިއްމުކަމާއި، އެކަމާ ނުލައި އަޅާގެ އެއްވެސް ޢަމަލެއް ޤަބޫލުނުވާނޭކަމާއި، އިންސާނާގެ ދަރަޖަ އުފުއްލައިދެނީ މިކަމުންކަމާއި، އަދި ދެދުނިޔޭގެ އުފާވެރިކަން ގުޅި ލާމެހިފައިވަނީ ވެސް އީމާންކަމާ…