الحمد لله رب العالمين ، و الصلاة و السلام على نبينا محمد و على آله و صحبه أجمعين.
އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ މަޤްޞަދުކަމުގައިވާ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އެކަނި އަޅުކަންކުރުމުގެ މަތިވެރި މަޤްޞަދު ޙާޞިލްވުމުގެ ފުރަތަމަ ފިޔަވަޅަކީ އެއިލާހަށް ފުރިހަމަގޮތުގައި އަޅާ އީމާންވުމެވެ.
އީމާންކަމުގެ މުހިއްމުކަމާއި، އެކަމާ ނުލައި އަޅާގެ އެއްވެސް ޢަމަލެއް ޤަބޫލުނުވާނޭކަމާއި، އިންސާނާގެ ދަރަޖަ އުފުއްލައިދެނީ މިކަމުންކަމާއި، އަދި ދެދުނިޔޭގެ އުފާވެރިކަން ގުޅި ލާމެހިފައިވަނީ ވެސް އީމާންކަމާ ކަމުގައިވާތީ، އީމާންކަމާ ބެހޭގޮތުން އަހަރެމެންނަށް އެނގެންޖެހޭ މުހިއްމު ކަންތައްތަކެއް ބަޔާންކޮށްދިނުމަށްޓަކައި، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ވާގިއެދި ހުރެ މިފޮތް ލިޔަމެވެ. މިފޮތް ލިޔުމުގައި އަޅުގަނޑު، د/عبد الله بن محمد بن أحمد الطيار ލިޔުއްވާފައިވާ خلاصة الكلام في أركان الإسلام މި ނަންކިޔުނު ފޮތުން އެހީތެރިކަން ހޯދީމެވެ.
ދުޢާއަކީ ވާގިދެއްވައި، ތައުފީޤު ދެއްވައި، މިއަޅާގެ ހެޔޮކަމުގެ ތިލަފަތް ބަރުވުމުގެ ސަބަބެއް ކަމުގައި މި ޢަމަލު ލެއްވުމެވެ. އަދި ކުށަކަށް ހުށަހެޅިފައިވާނަމަ ޢަފޫކުރެއްވުމެވެ. އިޚްލާޞްތެރިކަން ދެއްވައި މިފޮތުގެ މަންފާ ވީހާވެސް ގިނަބަޔަކަށް ލިބޭނެގޮތް މެދުވެރިކުރެއްވުމެވެ. މިހުރިހާ ކަމަކަށްވެސް ކުޅަދުންވަންތަވެވޮޑިގެންވަނީ ހަމައެކަނި އިބަ އިލާހެވެ.
ބިލާލް ޢަބްދުއްސައްތާރު
އަލްމަދީނަތުއް ނަބަވިއްޔާ
07 ރަބީޢުލް އާޚިރު 1435
07 ފެބްރުއަރީ 2014
ފޮތުގެ ނަން: އީމާންކަން ލިޔުއްވީ: ބިލާލް ޢަބްދުއްސައްތާރު |
ޞަފްޙާގެ ޢަދަދު: 34 ޞަފްޙާ (A4 ސައިޒް). ފައިލް ސައިޒް: 1.59 mb |
ފޮތް ޑައުންލޯޑުކުރައްވާ