ލޯތަކަށްވާ ޙަޤީޤީ ފިނިކަން

ކުޑަ ކުއްޖަކު އެކުއްޖާގެ މަންމަގެ ބަނޑުގައި އޮންނައިރު އޭނާއަށް އެތަނަށްވުރެ ބޮޑު ތަނެއް ހުންނާނެ ކަމަކަށް އޭނާއަށް އިޙުސާސެއް ނުކުރެވިދާނެއެވެ.
ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 33 “ނަބިއްޔާ صلى الله عليه وسلم ރަސޫލު ކަމައިގެން ފޮނުއްވުން.”

މިހާރު މިވަނީ ޤިޔާމަތުގެ ކުދި ޢަލާމާތްތައް ޛިކުރު ކުރުމުގެ ވަޤުތު ޖެހިފައެވެ. އެކަން ވާހުށީ އަންނަނިވި ފަދައިންނެވެ: 1. ނަބިއްޔާ صلى الله عليه وسلم ރަސޫލު ކަމައިގެން ފޮނުއްވުން. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޚަބަރު ކުރައްވާފައިވާ ގޮތުގައި، އެކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވުމަކީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ މައްޗަށް ހުރި ދަލީލެކެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ ޤިޔާމަތުގެ ނަބިއްޔާއެވެ. ސަހްލު [ބިން ސާޢިދާ] رضي الله عنه ގެ އަރިހުން [ރިވާވެގެންވާ] ޙަދީޘްގައި އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ރަސޫލުﷲ […]