ވުޟޫކުރުން ވާޖިބުވެގެންވާ ކަންތައްތައް
ތިރީގައިމިވާ ކަންތައްތައް ކުރުމަށްޓަކައި ޥުޟޫ ކުރުން މުކައްލަފުންގެ މައްޗަށް ވާޖިބުވެގެންވެއެވެ. 1 – ނަމާދު ކުރުން: މީގެ ދަލީލަކީ އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ މަރުފޫޢު ޙަދީޘެވެ . ((لاَ يَقْبَلُ اللهُ صَلَاةً بِغَيرِ طُهُورٍ وَلاَ صَدَقَةً مِنْ غُلُولٍ)) [ رواه مسلم برقم (224) والترمذي برقم (1) ] މާނައީ: “ވުޟޫ ނެތި ކުރާނަމާދެއް ﷲ ޤަބޫލުނުކުރައްވައެވެ. އަދި ޚިޔާނަތުން ހޯދާފައިވާ މުދަލުން ކުރާ ޞަދަޤާތެއްވެސް މެއެވެ.” 2- ގެފުޅުގެ…