[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވުޟޫކުރުން ވާޖިބުވެގެންވާ ކަންތައްތައް

1978905_228941590644246_246691564_n

ތިރީގައިމިވާ ކަންތައްތައް ކުރުމަށްޓަކައި ޥުޟޫ ކުރުން މުކައްލަފުންގެ މައްޗަށް ވާޖިބުވެގެންވެއެވެ.
1 – ނަމާދު ކުރުން: މީގެ ދަލީލަކީ އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ މަރުފޫޢު ޙަދީޘެވެ .

((لاَ يَقْبَلُ اللهُ صَلَاةً بِغَيرِ طُهُورٍ وَلاَ صَدَقَةً مِنْ غُلُولٍ)) [ رواه مسلم برقم (224) والترمذي برقم (1) ]

މާނައީ: “ވުޟޫ ނެތި ކުރާނަމާދެއް ﷲ ޤަބޫލުނުކުރައްވައެވެ. އަދި ޚިޔާނަތުން ހޯދާފައިވާ މުދަލުން ކުރާ ޞަދަޤާތެއްވެސް މެއެވެ.”

2-  ގެފުޅުގެ ވަށައިގެން ފަރުޟު ނުވަތަ ސުންނަތް ޠަވާފްކުރުން: އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން އެކަން އެގޮތަށް ސާބިތުވެފައިވާތީއެވެ. އެކަލޭގެފާނު ޥުޟޫ ކުރެއްވުމަށްފަހުގައި ގެފުޅުގެ ވަށައިގެން ޠަވާފުކުރެއްވިއެވެ. [متفق عليه: رواه البخاري برقم (1614) و مسلم برقم(1235)]

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((الطَّوَافُ بِالبَيْتِ صَلاَةٌ إلاَّ أَنَّ اللهَ أَبَاحَ فِيهِ الْكَلاَم)) [رواه ابن حبان برقم (3836) والحاكم (1/459) وصحح إسناده ووافقه الذهبي والبيهقي (5/87) وغيرهم وصححه الألباني (الإرواء برقم 121)

މާނައީ: “ޠަވާފަކީ ނަމާދެކެވެ. އެކަމަކު އެއަޅުކަމުގައި ﷲ ތަޢާލާ، ވާހަކަދެއްކުން ހުއްދަކުރެއްވިއެވެ.”

އެކަމުގެ އަނެއްދަލީލަކީ ޙައިޟުވެގެން ޠާހިރުވެއްޖައުމަށްދަންދެން ޠަވާފުކުރުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަނާކުރެއްވި ކުރެއްވުމެވެ.[متفق عليه: رواه البخاري برقم (305) و مسلم برقم (1211)].

3-  ޤުރްއާނުގައި ހަންހުރަހަކާއި ނުލައި ބީހުން: މީގެ ދަލީލަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ. ﴿لَا يَمَسُّهُ إِلَّا الْمُطَهَّرُونَ ﴾ [الواقعة :79] މާނައީ: “ޠާހިރުވެގެންވާ ބަޔަކުމެނުވީ އޭގައި ނުބީހެއެވެ.” އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

((لاَ يَمَسُّ القُرآنَ إلاّ طَاهِرٌ)) [ أخرجه مالك (1 (199/ والدارقطني (1 (121/ والبيهقي (1/87) والحاكم( 1 395/)وصححه- وصححه الألباني (الإرواء برقم 122) ].

މާނައީ: “ޠާހިރު ވެގެންވާ މީހަކު މެނުވީ ޤުރްއާނުގައި ނުބީހޭހުށިކަމެވެ.”

الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد