ކީރިތި ޤުރުއާނުގައި ނަންގަނެވިގެންވާ ކުލަތައް- ފެހި ކުލަ

ފެހިކުލައަކީ ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ކުލަތަކުގެ ތެރެއިން ހަތަރުވަނަ ކުލައެވެ. 8 އާޔަތެއްގައި 8 ފަހަރު ފެހިކުލައިގެ ވާހަކަ ބަޔާންވެފައިވެއެވެ. ފެހިކުލަ ބައެއް ކަންކަމަށް ދަލާލަތުކުރެއެވެ. 1- ވާރޭވެހުމަށްފަހުގައި ގަސްގަހާގެއްސާއި ދަނޑުފަނގު އަދި ބިމުގެ ކުލަ وَهُوَ الَّذِيَ أَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ نَبَاتَ كُلِّ شَيْءٍ فَأَخْرَجْنَا مِنْهُ خَضِراً نُّخْرِجُ مِنْهُ حَبّاً مُّتَرَاكِباً وَمِنَ النَّخْلِ مِن طَلْعِهَا قِنْوَانٌ دَانِيَةٌ وَجَنَّاتٍ مِّنْ أَعْنَابٍ وَالزَّيْتُونَ وَالرُّمَّانَ […]
ނަމާދުގެ ޤަދަރު މަތިވެރިކުރުން 8

ހަމަކަށަވަރުން ނަމާދަކީ ޞާލިހު އަޅުތަކުންގެ ލޮލުގެ ފިނިކަމެވެ. އަދި ހަމައެފަދައިން ނަމާދަކީ މުވައްޙިދުންގެ ރޫޙުގެ ލައްޒަތެވެ. އަދި ނަމާދަކީ އަޅުވެރިންގެ ބަގީޗާއެވެ. އަދި ނަމާދަކީ ޚުޝޫޢަތްތެރިންގެ ނަފްސުގެ ލައްޒަތުވެސްމެއެވެ. އަދި ނަމާދަކީ ތެދުވެރި އަޅުންނަކީ ކޮބައިކަން އަންގައިދޭ އަޅުކަމެކެވެ. އަދި ތެދުމަގުގެ މަތީގައިވާ އަޅުންގެ ޙާލު ވަޒަންކޮށްދޭ އަޅުކަމެއްވެސް މެއެވެ. އަދި ނަމާދަކީ ﷲ ތަޢާލާ އެއިލާހުގެ މުއުމިނު އަޅުތަކުންނަށް ހަދިޔާކޮއްދެއްވެވި އެއިލާހުގެ ރަޙްމަތެކެވެ. އެއިލާހުވަނީ މުއުމިނުންނަށް ނަމާދުގެ މަގުދައްކަވައި ނަމާދަކީ ކޮބައިކަން ބަޔާންކޮށްދެއްވާފައެވެ. އެއިލާހު ނަމާދުގެ […]
مادة التوحيد ٤ (ف 2 ، د 2 – ޙައްޤު އީމާންކަން)

ﷲއަށް އީމާންވުމުގެ މާނަ: އެއީ ހަމަކަށަވަރުން ﷲއަކީ ޙައްޤުގޮތުގައި އަޅުކަންވެވޭ ހަމައެކަނި އިލާހުކަމަށާއި، އަދި އެއިލާހު ފިޔަވާ އަޅުކަންވެވޭ ފަރާތްތަކަކީ ބާޠިލުގޮތުގައި އަޅުކަންވެވޭ ފަރާތްތަކެއްކަމުގައި އިޢުތިޤާދުކުރުމެވެ. އަދި އަޅުކަމުގެ އެންމެހާ ވައްތަރުތަކެއް އިޚްލާޞްތެރިކަމާއެކު އެއިލާހަށް އަދާކުރުމެވެ. އަދި އެއިލާހު ފިޔަވާ އެހެން ފަރާތަކަށް އަދާކުރެވޭ އަޅުކަންތައް ނަފީކުރުމެވެ. އަދި ﷲއަށްޓަކައި ލޯބިވުމާއި އަދި އެއިލާހަށްޓަކައި ރުޅިއައުމެވެ. އިބްރާހީމުގެފާނު – عليه السلام – ގެ މިއްލަތަކީ މިއީއެވެ. [1] މިމިއްލަތުން ފުރަގަސްދީފި މީހަކީ ތަންދޮރުނުފިލާ ޖާހިލެކެވެ. އަދި […]