އިބިލީސް އެންމެ ފުރަތަމަ ދިން ލަނޑު
الحمد لله رب العالمين. الصلاة و السلام على نبينا محمد و آله و صحبه أجمعين. وبعد. އިބިލީސް އެންމެ ފުރަތަމަ އިންސާނިއްޔަތަށް ދިން ނުބައިވެގެންވާ ލަނޑަކީ އަހަރެމެންގެ ބަފައިކަލުންނާއި އަދި މައިކަނބަލުން ސުވަރުގެ ވެންނެވުމުން ފާފަތައް ޒީނަތްތެރިކޮށްދީ އެދެކަނބަލުން ހައްލުވައިލުމެވެ. އަދި އެފާފައަށް އަރައިގަތުމަށް ހިތްވަރުދީ އެފާފައަށް އަރައިގަތަދިނުމެވެ. އަދި އެދެކަނބަލުންގެ ފޮރުވިފައިިވާ ޢައުރަ ކަޝްފުކުރުމެވެ. އަދި އެޔަށްފަހު މަތިވެރިވެގެންވާ ސުވަރުގެއިން ބޭރުކޮށްލުމެވެ. މިކަން ބަޔާންކުރައްވާ ﷲ ޢައްޒަ ވަޖައްލަ އެއިލާހުގެ…