ﷲ ތަޢާލާ މަތިވެރިކުރުމާއި އެއިލާހަށް ފުރައްސާރަކުރާ މީހާގެ ޙުކުމް (2 ވަނަ ބައި )

އެހެންކަމުން ފުރައްސާރަ އަކީ ކޮބައިކަން ކަނޑައެޅުމުގައި ރުޖޫޢަވާން ޖެހެނީ މީސްތަކުންގެ މެދުގައި އާދައެއްގެ ގޮތުގައި ހަރުލާފައިވާ ކަންކަމަށާއި ބަސްބަހަށެވެ.
ހުރިހާ އުންމަތްތަކަށް ވާޖިބުކުރައްވާފައިވާ ކަމެއް.

“އަދި ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަން މަނާކުރުމަކީ ހުރިހާ އުންމަތްތަކަށް ޝަރުޢުކުރައްވާފައިވާ އަޅުކަމެކެވެ. އަހުލުކިތާބީންގެ ދީން މަންސޫޚުވުމުގެ ކުރިން އެކަމުގައި ޤާއިމުވެގެންތިބި މީހުންގެ މައްޗަށް، ﷲސުބުޙާނަހޫ ވަތަޢާލާ ޘަނާގެ ބަސްފުޅު ވަޙީކުރައްވާފައިވެއެވެ. އެއިލާހު ސުބުޙާނަހޫ ވަޙީކުރައްވައެވެ. (مِّنْ أَهْلِ الْكِتَابِ أُمَّةٌ قَائِمَةٌ يَتْلُونَ آيَاتِ اللَّـهِ آنَاءَ اللَّيْلِ وَهُمْ يَسْجُدُونَ ﴿١١٣﴾ يُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُسَارِعُونَ فِي الْخَيْرَاتِ ) (1) މާނައިގެ ތަރުޖަމާއީ:” އަހުލުކިތާބީންގެ ތެރެއިން ސީދާވެގެންވާ […]