ސުންނަތުން ރުޤްޔާ

ޝަރީޢަތުގައި ވާރިދުވެގެން އައިސްފައިވާ އެންމެހާ ޛިކުރުތަކާއި، ހެނދުނާއި ހަވީރުގެ ޛިކުރުތަކަކީވެސް މުޞީބާތްތަކުން ރައްކާތެރިކޮށްދޭ އަދި ދުރުހެލިކޮށްދޭ ޛިކުރުތަކެކެވެ.
ހަތަރު ކަލިމައިގެ މާތްކަން (1)

ފަހެ، ހަމަކަށަވަރުން ޢިއްޒަތްވަންތަ ﷲ ވަނީ މަތިވެރިވެގެންވާ މަތިވެރިކުރެއްވުމަކުން ހަތަރު ކަލިމައެއް ޚާއްޞަކުރައްވާފައެވެ. އަދި އެކަލިމަތަކުގެ ހައިބަތު ބަޔާންކުރައްވާފައެވެ. އަދި އެކަލިމަތަކުގެ ޤަދަރު އުފުއްލަވާފައެވެ. އަދި އެކަލިމަތަކުގެ މަތިވެރި މަޤާމު ބަޔާންކުރައްވާފައެވެ.