ޠަވާފުކުރުން އަދި ޙަޖަރުލް އަސްވަދަށް ބޮސްދިނުމުގެ ތެރޭގައި ބައެއް ޙައްޖުވެރިންނަށް ހެދޭ ގޯސްތައް
ޠަވާފުކުރުން އަދި ޙަޖަރުލް އަސްވަދަށް ބޮސްދިނުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޠަވާފުކުރަން ފެއްޓެވީ ޙަޖަރުލް އަސްވަދުންކަން ޘާބިތުވެއެވެ. އެއީ ކަޢުބާގެ ރުކުނުލް ޔަމާނީއާ ޖެހިގެންވާ ކަނެވެ. އަދި އެކަލޭގެފާނު ހުރިހާ ފަހަރެއްގައިވެސް ޠަވާފުކުރެއްވީ ޙިޖުރުގެ ވަށައިގެންނެވެ. އަދި ޠަވާފުލް ޤުދޫމުގައި ފުރަތަމަ ތިންފަހަރު ހަލުއި ފިޔަވަޅުމަތީގައި ހިންގެވިއެވެ. އަދި އެކަލޭގެފާނުގެ ޠަވާފުގައި ޙަޖަރުލް އަސްވަދަށް ސަލާމްދަންނަވާ ބޮސްދެއްވިއެވެ. އަދި އެކަލޭގެފާނު ޙަޖަރުލް އަސްވަދުގައި އަތްޕުޅު ބީއްސަވާ ބޮސްދެއްވިއެވެ. އަދި އެކަލޭގެފާނު ސަވާރީގައި ޠަވާފުކުރައްވަމުން އެކަލޭގެފާނުގެ އަސާކޮޅު…