“އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ” ޙަދީޘުގެ ފައިދާތައް 5
ރަމަޟާންމަހުގެ ރޯދަ ރަމަޟާންމަހުގެ ރޯދަހިފުމަކީ ފަރުޟެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “يَاأَيُّهَا الَّذِيْنَ ءَامَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَي الَّذِيْنَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُوْنَ” ( البَقَرَة 185) މާނައީ : “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކުރިން އިސްވެދިޔަ މީސްތަކުންގެ މައްޗަށް ރޯދަ ފަރުޟުކުރެއްވި ފަދައިން، ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.” މި އާޔަތުން ރޯދައިގެ ޙުކުމަކީ ފަރުޟެއްކަން ވަރަށް ރަނގަޅަށް އެނގެއެވެ. […]
އަލްއިމާމު މާލިކު: مالك بن أنس – إمام دار الهجرة – 1
އިމާމު މާލިކުގެފާނު މަޝްޙޫރު ވެވަޑައިގެންފައިވަނީ އިމާމު ދާރުލް ހިޖުރައިގެ ނަމުންނެވެ. ސަބަބަކީ އެކަލޭގެފާނަކީ މަދީނާގެ އަހުލުވެރިއެކެވެ.