ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެއްޗެހިކީ ޞަލީބީގެ ވާހަކަ
އައްދުރަރުލް ކާމިނާގައި މިފޮތުގައި (4/153) އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲ ބަޔާންކުރައްވާފައިވެއެވެ. “މޮންގޯލުގެ(ތަތާރުންގެ) ބޮޑުންގެ ބަޔަކު ނަޞާރާ ދީނަށް ވަނުމުގެ އުފަލުގައި ވަރަށް ގިނަ މޮންގޯލުންނަށް ބޭއްވުނު ޙަފުލާއަކަށް، ބޮޑެތި ނަޞާރާއިންގެ ޖަމާޢަތެއް ދިޔައެވެ. ދެން މިތަނުން އެކަކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަދުބަސް ބުނަން ފަށައިފިއެވެ. އެހިނދު އެތަނުގައި އައްސާފައި އޮތް ޝިކާރަކުރާ ކުއްތާއެއް ވިއެވެ. ދެން މީނާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެއްޗެހި ކިޔަން ފަށައި އޭގެ މައްޗަށް ބަސްތައް ގިނަކުރަން…