[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެއްޗެހިކީ ޞަލީބީގެ ވާހަކަ

sahlahAllahއައްދުރަރުލް ކާމިނާގައި މިފޮތުގައި (4/153) އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲ ބަޔާންކުރައްވާފައިވެއެވެ. “މޮންގޯލުގެ(ތަތާރުންގެ) ބޮޑުންގެ ބަޔަކު ނަޞާރާ ދީނަށް ވަނުމުގެ އުފަލުގައި ވަރަށް ގިނަ މޮންގޯލުންނަށް ބޭއްވުނު ޙަފުލާއަކަށް، ބޮޑެތި ނަޞާރާއިންގެ ޖަމާޢަތެއް ދިޔައެވެ. ދެން މިތަނުން  އެކަކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަދުބަސް ބުނަން ފަށައިފިއެވެ.
އެހިނދު އެތަނުގައި އައްސާފައި އޮތް ޝިކާރަކުރާ ކުއްތާއެއް ވިއެވެ. ދެން މީނާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެއްޗެހި ކިޔަން ފަށައި އޭގެ މައްޗަށް ބަސްތައް ގިނަކުރަން ފެށުމުންއ އޭނާއާ ދިމާއަށް ފުންމައިގަނެ، ވަރަށް ގަދަޔަށް ވަކިއަޅަން ފަށައިފިއެވެ. އެތަނުގައި ތިބިމީހުން ވަރަށް މަސައްކަތުން އެކުއްތާ އޭނާގެ ގައިން ވަކިކޮށްފިއެވެ.

އަދި އެތަނުގައި ތިބި ޙާޒިރުވެތިބި ބައެއްމީހުން ބުންޏެވެ. “ތިހެން ތިކަންތައް ތިވީ ކަލޭ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބުނި ބަސްތަކުގެ ސަބަބުންނެވެ.”
އެހިނދު ޞަލީބީ ކަލޭގެ ބުންޏެވެ. “ނޫނެކެވެ. އެހެންވެއެއް ނޫނެވެ. މިކުއްތާ އަމިއްލަނަފުސަށް ފޮނިބޮޑީއެވެ. އަހަރެންގެ އަތްހަރަކާތްކުރާތަން ފެނުމުން އޭގެ ގައިގައި ޖަހަން އުޅެނީކަމަށް އެޔަށް ހީވީއެވެ.”
އަނެއްކާވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަދުބަސްބުނަން ފަށައިފިއެވެ. (އަދި އެއްޗެހިކިޔުމުގައި އެކަލޭގެފާނުގެ ޢަބުރުފުޅާވެސް ބެހެންފެށިއެވެ.)

އެހިނދު (ވައްވައް ޖަހަމުން ދިޔަ ތެޅެމުންދިޔަ) ކުއްތާގެ ވާގަނޑު ކެނޑުމާއެކު ކުއްލިޔަކަށް ކުއްތާ ޞަލީބީގެ ކަރާދިމާޔަށް ފުންމައިގެން އަރާ ނޭވާހޮޅީގައި(ކަރުގެ ތިރީގައި) ދަތްއަޅައި އެތަން ކަނޑައިލިއެވެ. ހަމަވަޤުތުން ޞަލީބީމީހާ މަރުވެއްޖެއެވެ.
އެވަޤުތު މިތަން ފެނުނު ސާޅީސްހާސް މޮންގޯލުން ވަޤުތުން އިސްލާމްވިއެވެ.” އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲގެ ބަސްކޮޅު ނިމުނީ.

މަޞްދަރު: އައްދުރަރު އަލްކާމިނާ ފީ އަޢުޔާނިލް މިއަތިއް ޘާމިނާ މި ފޮތުން ތަރުޖަމާކުރެވިފައި.
(الدرر الكامنة في أعيان المائة الثامنة
مجلس دائرة المعارف العثمانية – صيدر اباد/ الهند
الطبعة: الثانية، 1392هـ/ 1972م) (މަކްތަބަތުއް ޝާމިލާ)

މި ވާހަކަ މުޢުޖަމުއް ޝުޔޫޚްގައި އިމާމު ޛަހަބީ ރަޙިމަހުﷲވެސް  ބަޔާންކުރައްވާފައިވެއެވެ.