ޝެެއިޚު އިބުނު ޢުޘައިމީން ރަޙިމަހުﷲ ބަޔާންކުރައްވައެވެ. “ށ. ނަމާދުގެ ވާޖިބެއް އުނިވުން. ނަމާދުގެ ވާޖިބެއް ޤަޞްދުގައި އަޅައިފިނަމަ، އޭނާގެ ނަމާދު ބާޠިލުވާ ހުއްޓެވެ. ދެން ހަނދާން ނެތިގެން އުނިވެއްޖެނަމަ އަދި އެވާޖިބު އަދާކުރަންވީ މަޤާމުން ނުދަނީސް ހަނދާން ވެއްޖެނަމަ ވާޖިބު އަދާކުރާނީއެވެ. އޭނާގެ މައްޗަށް އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. (އެބަހީ އެކަމުގެ ސަބަބުން ކުށުސަޖިދަ ޖަހާކަށް ނުޖެހޭނެއެވެ.) ދެން ހަނދާންވީ އެވާޖިބު އަދާކުރަންވީ މަޤާމުން ވަކިވެ އެހެން ރުކުނަކަށް ވާޞިލުވުމުގެ ކުރިން ކަމުގައި ވާނަމަ، އެވާޖިބަށް…