ކަހްފު ސޫރަތުގެ ތަރުޖަމާ 51-53

مَّا أَشْهَدتُّهُمْ خَلْقَ السَّمَاوَاتِ وَالْأَرْضِ وَلَا خَلْقَ أَنفُسِهِمْ وَمَا كُنتُ مُتَّخِذَ الْمُضِلِّينَ عَضُدًا ﴿٥١﴾ އުޑުތަކާއި ، ބިން ހެއްދެވުމުގައި އެހީތެރިވެ އެތަކެތި ޙަލްޤުކުރުން ދުށް ބައެއް ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ނުލައްވަމެވެ. އަދި އެއުރެންގެ އަމިއްލަ ނަފްސުތައް ހެއްދެވުމުގައިވެސްމެއެވެ. އަދި މަގުފުރައްދާ ބަޔަކު ، އެހީތެރިންކަމުގައި ހިއްޕަވާނެ އިލާހެއް ކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ. وَيَوْمَ يَقُولُ نَادُوا شُرَكَائِيَ الَّذِينَ زَعَمْتُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا لَهُمْ وَجَعَلْنَا بَيْنَهُم مَّوْبِقًا […]
ނަމާދު ( الصلاة ) – 7

ބަންގިއާއި ޤަމަތުގެ ޙުކުމު ބަންގި ދިނުމާއި ޤަމަތް ދިނުމަކީވެސް ދެ ފަރުޟު ކިފާޔަތެކެވެ. ފަރްޟު ކިފާޔަތަކީ، އެކަމަށް ފުދޭ އަދަދެއްގެ ބަޔަކު، އެ ފަރުޟެއް އަދާކުރުމުން ބާކީ ތިބި މީސްތަކުންގެ މަތިން، އެކަން ކެނޑިގެންދާ ކަންކަމެވެ. ބަންގިއާއި ޤަމަތުގެ ފަރުޟިއްޔަތުކަމަށް ދަލީލުކޮށްދެނީ، ވަރަށް ގިނަ ޙަދީސް ތަކެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ދެކަމަށް އަމުރު ކުރައްވާފައި ވާތީއެވެ. އަދި ރަށުގައި ހާޒިރުވެ ހުންނަ އިރުގައާއި ދަތުރުމަތީގައިވެސް އެކަލޭގެފާނު އެދެކަންތައް ދޫނުކުރައްވައެވެ. އަދި ގިނަފަހަރު އެދެކަންތަކާއި […]