މުޙައްމަދު (صلى الله عليه وسلم) އަކީ ކޮން ބޭކަލެއް؟ 2
![](https://dhisalafiyyah.net/wp-content/uploads/2015/08/muhammadh.jpg)
އިންސާނާ އޭނާގެ ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރުމަށް ދެނެގަންނަންޖެހޭ އެންމެ އަސާސީ އެއް ބިންގަލަކީ ކާއިނާތުގެވެރި އެއްކައުވަންތަ އިލާހެވެ. ﷲގެ ރަސޫލާ (صلى الله عليه وسلم) ވަނީ ހުރިހާ ޚަލުޤްތަކެއްގެ ވެރި ﷲ ތަބާރަކަ ވަތައާލާ އެއްކައުވަންތަކުރާނެ ތައުހީދުގެ ބިންގާތަށް ނުހަނު ސީދާކޮށް އަޅުއްވައިދެއްވާފައެވެ. ޢަމަލުގެ މައްޗަށް ޢިލުމު އިސް ކުރައްވާ އަޅާއާއި ރައްބާއި ދެމެދު އޮންނަންޖެހޭ ގުޅުން ބަޔާންކޮށްދެއްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ.
ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 52 “ތުރުކީންނާ ހަނގުރާމަ ކުރެވުން.”
![](https://dhisalafiyyah.net/wp-content/uploads/2013/07/qiyaamai-vumuge-1024x684.jpg)
އަދި ޞަޙާބީންގެ ޒަމާނުގައި އެބޭކަލުގެ އަރިހުގައި [މި]ޙަދީޘް މަޝްހޫރުވެފައި ވެއެވެ: ((اتْرُكُوا التُّرْكَ مَا تَرَكُوْكُم))[1] “ތިޔަބައިމީހުން ދޫކޮށްލައިގެން ތިބެންޏާ ތިޔަބައިމީހުންވެސް ތުރުކީން ދޫކޮށްލާށެވެ.” އިބްނު ޙަޖަރު ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “އެބައިމީހުންގެ ރަށަކަށް ފަހު ރަށެއް ފަތަޙަ ދިއުމާހަމައަށް އެބައިމީހުންނާއި މުސްލިމުންނާ ދެމެދުވީ ހުރަސް އެޅިފައެވެ. އަދި އެބައިމީހުން އަޅުންގެ ގޮތުގައި ނުހަނު ގިނަވިއެވެ. އަދި އެބައިމީހުންގެ ރަސްރަސްކަލުން އެކަކު އަނެކަކާ ވާދަވެރިއެވެ. ހަރުކަށިކަމާއި ހަނގުރާމަވެރި ބައެއް ކަމުގައި އެމީހުން ޞިފަކުރެވިފައި ވިއެވެ. އެގޮތުން މުޢުތަޞިމްގެ ލަޝްކަރުގައި އެމީހުން […]