[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 52 “ތުރުކީންނާ ހަނގުރާމަ ކުރެވުން.”

 

އަދި ޞަޙާބީންގެ ޒަމާނުގައި އެބޭކަލުގެ އަރިހުގައި [މި]ޙަދީޘް މަޝްހޫރުވެފައި ވެއެވެ: ((اتْرُكُوا التُّرْكَ مَا تَرَكُوْكُم))[1] “ތިޔަބައިމީހުން ދޫކޮށްލައިގެން ތިބެންޏާ ތިޔަބައިމީހުންވެސް ތުރުކީން ދޫކޮށްލާށެވެ.”

އިބްނު ޙަޖަރު ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “އެބައިމީހުންގެ ރަށަކަށް ފަހު ރަށެއް ފަތަޙަ ދިއުމާހަމައަށް އެބައިމީހުންނާއި މުސްލިމުންނާ ދެމެދުވީ ހުރަސް އެޅިފައެވެ. އަދި އެބައިމީހުން އަޅުންގެ ގޮތުގައި ނުހަނު ގިނަވިއެވެ. އަދި އެބައިމީހުންގެ ރަސްރަސްކަލުން އެކަކު އަނެކަކާ ވާދަވެރިއެވެ. ހަރުކަށިކަމާއި ހަނގުރާމަވެރި ބައެއް ކަމުގައި އެމީހުން ޞިފަކުރެވިފައި ވިއެވެ. އެގޮތުން މުޢުތަޞިމްގެ ލަޝްކަރުގައި އެމީހުން ގިނަވިއެވެ. އެއަށްފަހު ވެރިކަމުގެ މައްޗަށް ތުރުކީން ވެރިވެގަނެ އެކަލޭގެފާނުގެ ދަރިކަލުން މުތަވައްކިލް ޤަތުލުކޮށް އެކަލޭގެފާނުގެ ދަރީން އެކަކަށްފަހު އަނެކަކު ޤަތުލުކުރަމުން ދިއައެވެ. ދައިލަމްގެ ރަސްކަމާ މަސްހުނިވެއްޖައުމަށް ދާންދެނެވެ. އޭގެފަހުގައި ސާމާނީންގެ ރަސްކަންވެސްވީ ހަމަ ތުރުކީންނަށެވެ. ފަހެ ޢަޖަމީންގެ ޤައުމުތަކުގައި އެބައިމީހުން ރަސްކަން ކުރިއެވެ. ދެން އެއަށްފަހު آلُ سَبَكْتَكِين އެޤައުމުތަކަށް ގަދަވެގަތެވެ. އެއަށްފަހު آلُ سُلْجُوق އެވެ. އަދި އެބައިމީހުންގެ ރަސްކަން ޢިރާޤަށާއި ޝާމަށް އަދި ރޫމްކަރައާ ހަމައަށް ފުޅާކުރިއެވެ. އަދި ޝާމުގައި ބާކީތިބި އެމީހުންނަށް ތާއީދުކުރާ މީހުން -އެއީ آل زَنْكِي އަދި އެމީހުންނަށް ތާއިދުކުރާ މީހުންނެވެ. بَيْت أيوب އަކީ އެއީ އެވެ.- މިޞްރާއި ޝާމް އަދި ޙިޖާޒްކަރައިގެ ގެދޮރުތަކަށް ވެރިވެގަތެވެ. ފަހެ މިބައިމީހުންގެ ތެރޭގައިވެސް ތުރުކީން ނުހަނު ގިނައެވެ.

އަދި ފައްސަތޭކަވަނަ އަހަރު آل سُلْجُوق އާ ދެކޮޅަށް [ތުރުކީންގެ ޤަބީލާއެއް ކަމުގައިވާ] الغُزّ ނުކުތެވެ. ފަހެ ޤައުމުތައް ސުންނާފަތިކޮށްލާ މީސްތަކުން އަޅުވެތިކުރިއެވެ.

ދެން އެއަށްފަހު ޠުޠުރުން (ތަތާރުން) ގެ ބޮޑު ކަންތައްގަނޑު ލައިގަތެވެ. ހަސަތޭކައިގެ ފަހުގައި ޖަންކިޒް ޚާން ނުކުތުންވީ މިކަމުގައެވެ. އެބައިމީހުންނާގެން މުޅިދުނިޔެ އަލިފާނަށް ވިއެވެ. ޚާއްޞަކޮށް ހުޅަނގު އޭނާގެ އަޅުވެތިކަމަށް ދިޔައެވެ. އެބައިމީހުންގެ ނުބައިކަން ނުވަންނަ އެއްވެސް ޤައުމެއް ނެތިއްޖެއަމަށް ދާންދެނެވެ. އެއަށްފަހު ބަޣުދާދު ޚަރާބުކޮށްލައި އެބައިމީހުން އަތުޖެހުނު އެންމެ ފަހު ޚަލީފާ، ޚަލީފާ މުސްތަޢްޞިމް ހަސަތޭކަ ފަންސާސް ހަވަނައަހަރު ޤަތުލުކޮށްލިއެވެ. އެއަށްފަހު އެބައިމީހުންގެ ފަހުމީހަކަށް اللنك އަތުވެއްޖައުމަށް ދާންދެން އެބައިމީހުންގެ ދެމި ތިބުމުގައި ސުންނާފަތިކުރުން މެދުކަނޑައިގެން ނުދެއެވެ. [اللنك] ގެ މާނައަކީ: ކޮރު މީހާއެވެ. އޭނާގެ އަސްލުނަމަކީ تَمُرُ އެވެ. ފަހެ ޝާމުގެ ގެދޮރުތަކަށް ވެރިވެ އެތަނުގައި އޭނާ ދިރިއުޅުނެވެ. އަދި ދިމިޝްޤުގައިވެސް އަލިފާން ރޯކޮށް ސުންނާފަތިކުރިއެވެ. އަދި ރޫމްކަރައަށާއި ހިންދުކަރައަށާއި އެދެމެދުގައިވާހާ ތަނަކަށް އޭނާ ވަދެގަތެވެ. މާތް ﷲ އޭނާގެ ފުރާނަ ހިއްޕަވައިފުމަށްދާނދެން އޭނާގެ މުއްދަތު ދިގުވެގެން ދިއައެވެ. އަދި އޭނާގެ ދަރީން ޤައުމުތަކަށް ބެހިގެން ދިއައެވެ.

ދެންފަހެ ވާރިދުވެފައިވާ ހުރިހާ ކަމަކުން ފާޅުވާންހުރީ ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ ބަސްފުޅުގެ ތެދުކަމެވެ: ((أَوَّلَ مَنْ يَسْلُبُ أُمَّتِي مُلْكَهُمْ وَمَا خَوَّلَهُمُ اللهُ بَنُو قَنْطُورَاء)) މާނައީ: “ތިމަން ކަލޭގެފާނުގެ އުއްމަތުގެ ތެރެއިން އެބަޔަކަށް ﷲ ތަޢާލާ ރަސްކަން ދެއްވުމަށްފަހު ފުރަތަމަ ވެއްޓިގެންދާނެ ބަޔަކީ بَنُو قَنْطُورَاءَ އެވެ.”. . . އަދި އެކަލޭގެފާނުގެ ޙަދީޘްގައި ((أُمَّتِي)) އެވެ މުރާދުކުރައްވަނީ ނަސަބުގެ ގޮތުން އުއްމަތް ކަމުގައި ވެދާނެއެވެ. [އިސްލާމީ] ދަޢުވަތުގެ އުއްމަތެއް ނޫނެވެ. އެބަހީ ޢަރަބީންނެވެ. والله أعلم.”[2]

މިގޮތުގެ މަތީން، ހިޖުރީ ސަނަތުން ހަތްވަނަ ޤަރުނުގައި ފާޅުވި ތަތާރުން ވަނީ މިބައިމީހުންގެ ތެރެއިންނެވެ. ފަހެ ތުރުކީން ޞިފަކުރުމަށް އައިސްފައިވާ ޞިފަތައް ތަތާރުން (މޮންގޯލުން) ނަށް ފެތޭކަން ކަށަވަރެވެ. އަދި އެމީހުން ފާޅުވީ އަލްއިމާމު ނަވަވީ[3] رحمه الله ގެ ޒަމާނުގައެވެ. ފަހެ އެބައިމީހުންނާމެދު އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. [ބަސްފުޅުގެ މާނައީ:] “ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ކިޔައިދެއްވާފައިވާ އެންމެހާ ސިފައެއް މިބައިމީހުންނާ ކުރެވުނު ހަނގުރާމައިން ފެނިގެން ދިއައެވެ: ލޯކުދި، މޫނު ރަތް، ގޮށް ނޭފަތް، ފުޅާ މޫނުތަކެއްގެވެރި، ކެހެރިބޯ އައްޑަނަތަކެއްފަދަ މޫނުތަކެއްވާ، ބައެކެވެ. ފަހެ އަހުރެމެންގެ ޒަމާނުގައި މިހުރިހާ ޞިފައަކާއި އަދި އެތަކެއް ފަހަރަކު މުސްލިމުން އެމީހުންނާ ހަނގުރާމަ ކުރިތަން ފެނެއެވެ. އަދި މިހާރުވެސް އެބައިމީހުންނާ ހަނގުރާމަކުރެވެމުން އެބަދެއެވެ.”[4]

އަދި ތުރުކީންގެ ތެރެއިން އެތައްބަޔަކު އިސްލާމްދީނަށްވަދެ އެބައިމީހުންގެ އަތްތަކުގެ މައްޗަށް އިސްލާމްދީނަށާއި މުސްލިމުންނަށް އެތައް ހެވެއް މެދުވެރިވިއެވެ. އަދި އިސްލާމީ ދައުލަތުގައި ބާރުވެރިކަން އެކުލެވި އެކަމުން އިސްލާމްދީނަށް ޢިއްޒަތް ލިބިގެން ދިއައެވެ. އަދި އެބައިމީހުންގެ ދުވަސްވަރުގައި ބޮޑެތި ބޮޑެތި އެތައް ފަތަޙައެއް ލިބިގެން ދިއައެވެ. އޭގެތެރޭގައި ރޫމްކަރައިގެ ވެރިރަށް ޤިސްޠަންޠީނިއްޔާ ފަތަޙަވިއެވެ. އެކަން ހިމެނެނީ ދައްޖާލުފާޅުވުމުގެ ކުރިން، ފަހުޒަމާނުގައި ހުރި ބޮޑެތި ފަތަޙަތަކުގެ ތެރެއިންނެވެ. އެވާހަކަ އަދި އަންނާނެއެވެ. އަދި ޔޫރަޕަށާއި އިރާއި ހުޅަނގުގެ އެތައް ޤައުމަކަށް އިސްލާމްދީން ވަދެގެން ދިއައެވެ.

ދެންފަހެ މިއީ ކައުއިތުރު މުޞްޠަފާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުގެ ތެދުކަމެވެ. ތުރުކީންނާ ހަނގުރާމަ ކުރެވުމާ ބެހޭގޮތުން އަބޫހުރައިރާ رضي الله عنه ޛިކުރު ކުރައްވާފައިވާ ޙަދީޘްގެ ފަހުގައި އައިސްފައިވާ ފަދައިންނެވެ: ޙަދީޘްކުރެއްވިއެވެ. ((وَتَجِدُونَ مِنْ خَيْرِ النَّاسِ أَشَدَّهُمْ كَرَاهِيَةً لِهَذَا الأَمْرِ، حَتَّى يَقَعَ فِيهِ، وَالنَّاسُ مَعَادِنٌ؛ خِيَارُهُمْ فِي الْجَاهِلِيَّةِ خِيَارُهُمْ فِي الإِسْلامِ))[5] މާނައީ: “މިކަމާމެދު (އެބަހީ މިދީނާމެދު) އެންމެ ދެކޮޅުވެރިވީ މީހުން، އޭގައި ޖެހި މީސްތަކުންގެ ތެރެއިންވީ އެންމެ ހެޔޮ މީހުންކަމުގައިވާތީ ތިޔަބައިމީހުން ދެކޭނޫއެވެ. މީސްތަކުންނަކީ މަޢުދަނުތަކެއްފަދަ ބަޔެކެވެ. އެމީހުންކުރެ ޖާހިލިއްޔަ ޒަމާނުގައި އެންމެ ހެޔޮ މީސްތަކުންނަކީ އިސްލާމްވުމަށްފަހުވެސް އެންމެ ހެޔޮ މީހުންނެވެ.”

=ނުނިމޭ=

__________________________________________

[1]   ((سنن أبي داود))، كتاب الملاحم، باب في النهي عن تهييج الترك والحبشة، (11 / 409 – مع عون المعبود)).

وقال ابن حجر: ((رواه الطبراني من حديث معاوية)). ((فتح الباري)) (6 / 609).

العجلوني ވިދާޅުވިއެވެ. “ޒުރްޤާނީ ވިދާޅުވިއެވެ. [މިއީ] ޙަސަން [ޙަދީޘެކެވެ.]. އަދި މީގެ އަޞްލާ ބެހޭގޮތުން ވިދާޅުވީ: ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާކުރެއްވި ޞަޙާބީއެއްގެ ފަރާތުން އަބޫދާވޫދު ރިވާކުރެއްވިއެވެ. …އެފަދައިން ނަސާއީ ރިވާކުރެއްވިއެވެ… އަދި ހަމައެގޮތަށް ޠަބަރާނީ، ((الكبير))  ގައި އަދި ((الأوسط)) ގައި އިބްނު މަސްޢޫދުގެ އަރިހުން ނަބިއްޔާ صلى الله عليه وسلم އަށް ނިޞްބަތްވާގޮތަށް މިލަފްޒުން ރިވާކުރެއްވިއެވެ: ((اتْرُكُوا التُّرْكَ مَا تَرَكُوْكُم)) މާނައީ: “ތިޔަބައިމީހުން ދޫކޮށްލައިގެން ތިބެންޏާ ތިޔަބައިމީހުންވެސް ތުރުކީން ދޫކޮށްލާށެވެ.” ޙަދީޘްކުރެއްވިއެވެ: ((أَوَّلَ مَنْ يَسْلُبُ أُمَّتِي مُلْكَهُمْ وَمَا خَوَّلَهُمُ اللهُ بَنُو قَنْطُورَاءَ)) މާނައީ: “ތިމަން ކަލޭގެފާނުގެ އުއްމަތުގެ ތެރެއިން އެބަޔަކަށް ﷲ ތަޢާލާ ރަސްކަން ދެއްވުމަށްފަހު ފުރަތަމަ ވެއްޓިގެންދާނެ ބަޔަކީ بَنُو قَنْطُورَاءَ އެވެ.” ޙަދީޘް ރިވާކުރެއްވީ ޠަބަރާނީ، މުޢާވިޔަތު ބިން އަބޫސުފްޔާންގެ އަރިހުން ނަބިއްޔާ صلى الله عليه وسلم އަށް ނިޞްބަތްކޮށެވެ. މީގެ އެއް ޙަދީޘް އަނެއް ޙަދީޘަށް ބާރުދެއެވެ.” ބައްލަވާ: ((كشف الخفا ومزيل الإلباس عما اشتهر من الأحاديث على ألسنة الناس)) (1 / 38) للعجلوني، تعليق أحمد القلاش، طبع مؤسسة الرسالة، بيروت.

މިޙަދީޘާ ބެހޭގޮތުން އަލްބާނީ ވިދާޅުވަނީ މިއީ ((مَوضُوع)) (އެބަހީ ހަދާފައިވާ) ޙަދިޘެއް ކަމުގައެވެ. ބައްލަވާ: ((ضعيف الجامع الصغير)) (1 / 81) (ح 105).

މިޙަދީޘް ރިވާކޮށްފައިވާ ބޭކަލުން ޛިކުރު ކުރެއްވުމަށްފަހު السخَاوِي ވިދާޅުވެފައި ވެއެވެ: “މިއީ ހަދާފައިވާ ޙަދީޘެއްކަމަށް ޙުކުމްކުރެވޭކަށް ނެތެވެ. އަދި ތުރުކީން ފާޅުވުމާ ބެހޭގޮތުން الحَافِظ ضيَاءُ الدِّيْن المقدسِي އެއްކޮށްފައިވާ ފޮތެއް ތިމަންނާ އަޑުއެހީމެވެ.” [ބައްލަވާ:] ((المقاصد الحسنة في بيان كثير من الأحاديث المشتهرة على الألسنة)) (ص 16 – 18)، صححه حواشية عبد الله محمد الصديق، وقدم له عبد الوهاب عبد اللطيف، طبع دار الأدب العربي للطباعة، نشر مكتبة الخانجي بمصر، عام (1375 هـ).

الهيثمي ވިދާޅުވިއެވެ: “ޠަބަރާނީ ((الكبير))  ގައި އަދި ((الأوسط)) ގައި [މިޙަދީޘް] ރިވާކުރެއްވިއެވެ.” އަދި އޭގައިވާ عُثْمَان بن يَحْيَى القرسَانِي އަކީ ތިމަންނާ ދަންނަ ބޭކަލެއް ނޫނެވެ. ދެން ތިއްބެވި ރާވީންނަކީ ޞައްޙަ ރާވީންތަކެކެވެ.”  ((مجمع الزوائد)) (8 / 312).

ދެންފަހެ މިޙަދީޘްއާ ބެހޭގޮތުން އެންމެ ދަށް މިންވަރަކަށްވެސް ބުނެވެނީ މިއީ ޙަސަން [ދަރަޖައިގެ] ޙަދީޘްއެއް ކަމެވެ. މިއީ ޞަޙާބީންގެ ޒަމާނުގައި މަޝްހޫރު ޙަދީޘެއް ކަމުގައި الحَافِظ ابن حجر ވިދާޅުވެފައި ވާތީ އެކަންޏެއް ނޫނެވެ. އެއާ ގުޅޭގޮތުން ބަދުބަހެއް ރައްދުކޮށްފައި ވެސް ނުވާތީއެވެ. ފަހެ އެކަމުން ޘާބިތުކޮށްދެނީ އެކަލޭގެފާނުގެ އަރިހުގައި އެޘާބިތުވާކަމެވެ.

އަދި އަލްބާނީ އަންނަނިވި ޙަދީޘުން ދަލާލަތު ނަންގަވާފައިވާތީ ތިމަންނާއަށް ފެނިއްޖެއެވެ: ((دَعُوا الْحَبَشَةَ مَا وَدَعُوكُمْ، وَاتْرُكُوا التُّرْكَ مَا تَرَكُوكُمْ)) ޙަދީޘްގެ މާނައީ: “ޙަބަޝީން ތިޔަބައިމީހުން ދޫކޮށްގެން ތިބިހައި ހިނދަކު ތިޔަބައިމީހުން އެމީހުން ދޫކޮށްލާށެވެ. އަދި ތުރުކީން ތިޔަބައިމީހުން ދޫކޮށްލައިގެން ތިބޭކަމުގަ ވާނަމަ ތިޔަބައިމީހުންވެސް އެމީހުން ދޫކޮށްލާށެވެ.” އަދި މީގެ ސަނަދާ ބެހޭގޮތުން އެކަލޭގެފާނު ވިދާޅުވިއެވެ: “މިއަށް ބާރުދޭ ޙަދީޘްތަކަށް ބަލާއިރު މީގެ ސަނަދުގައި މައްސަލައެއް ނުވެއެވެ. އަދި [މީގައިވާ] أَبُوْ سُكَيْنَة ފިއަވައި ހުރިހާ ރާވީންނަކީ ޘިޤާތުންނެވެ. (އެބަހީ: ހިތުދަސްކުރުން ރަނގަޅު ތެދުވެރީންނެވެ.) الحَافِظ [ابن حجر] ((التقريب)) ގައި ވިދާޅުވެފައި ވެއެވެ: “އެބޭފުޅާގެ ނަމަކީ محلم ކަމުގައި ބުނެވެއެވެ. އެއީ ޞަޙާބީއެއްތޯ އިޚްތިލާފުވެވިފައި ވެއެވެ.”

ދަންނަވައެވެ. (އެބަހީ: އަލްބަނީ ވިދާޅުވިއެވެ.) ޞަޙާބީ ބޭކަލެއްކަން ޘާބިތުނުވާނަމަ އެއީ ތާބިޢީ ބޭކަލެކެވެ. އެކަލޭގެފާނުގެ އަރިހުން ތިންބޭކަލަކު ރިވާކުރެއްވިއެވެ. ފަހެ މިޙަދީޘްއަކީ ޙަސަން ދަރަޖަައިގެ ހަދީޘްއެކެވެ.” ބައްލަވާ: ((سلسلة الأحاديث الصحيحة)) (م2 / 416 / ح772).

((مَوضُوع)) ޙަދީޘެއް ކަމުގައި ނަންގަނެ އަލްބާނީ ވިދާޅުވާން ބޭނުންފުޅުވަނީ ޙަދީޘްގެ ނިމުމުގައި އިތުރުވެފައިވާ ބައިކަމުގައި ބެލެވެއެވެ. އެބަސްފުޅަކީ: ((أَوَّلَ مَنْ يَسْلُبُ أُمَّتِي مُلْكَهُمْ وَمَا خَوَّلَهُمُ اللهُ بَنُو قَنْطُورَاءَ)) “ތިމަން ކަލޭގެފާނުގެ އުއްމަތުގެ ތެރެއިން އެބަޔަކަށް ﷲ ތަޢާލާ ރަސްކަން ދެއްވުމަށްފަހު ފުރަތަމަ ވެއްޓިގެންދާނެ ބަޔަކީ بَنُو قَنْطُورَاءَ އެވެ.”  މިއެވެ. އަދި الحَافِظ ابن حجر އެއިން ދަލީލުނަންގަވާކަމުގައި އެބައާދެއެވެ. ފަހެ އެކަލޭގެފާނުގެ އަރިހުގައި އެއީ ޘާބިތު ޙަދީޘެކެވެ. والله أعلم.

[2]  ((فتح الباري)) (6 / 609 – 610).

[3]  الإمَامُ النَّوَوِي ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ ހިޖުރީ ސަނަތުން 631 ވަނަ އަހަރުއެވެ. އަދި އަވަހާރަވެވަޑައިގަތީ ހިޖުރައިން 676 ވަނައަހަރުއެވެ. އެދުވަސްވަރަކީ ތަތާރުން ފާޅުވި ދުވަސްވަރެވެ. އަދި ޢައްބާސީންގެ ޚިލާފަތުގައި އެކަން ނިމުމަކަށް އައެވެ. ބައްލަވާ: ((تذكرة الحفاظ)) (4 / 1471 – 1473).

[4]  [ބައްލަވާ:] ((شرح النووي لمسلم)) (18 / 37 – 38).

[5]  ((صحيح البخاري))، كتاب المناقب، باب علامات النبوة في الإسلام، (6 / 604 – مع الفتح).