އިފްކުގެ ޙާދިޘާ 3

އެންމެހާ ދަތުރުވެރިން ފަތިސްނަމާދަށް ތެދުވެ ނަމާދުކޮށް އަވަދިވުމުން އަލުން ދަތުރުފެށުމަށް ރަސޫލާ صلى الله عليه وسلم ކުރައްވާފައިވާ އަމުރުފުޅާ އެއްގޮތަށް ދަތުރަށް ތައްޔާރުވުމަށްޓަކައި އަވަސްވެވަޑައިގެންނެވިއެވެ. އެއާއެކު ޢާއިޝާ رضي الله عنها ވެސް ޤަޟާޙާޖާ ކުރެއްވުމަށް އަވަސްއަވަހަށް ހަލުއިވެވަޑައިގެން ޤާފިލާގެ މީހުންނާ ދުރަށް ސަހަރާތެރެއަށް ޖެހިވަޑައިގެންނެވިއެވެ. ނަމަވެސް އެކަމުން ނިމިއަވަދިވެ އެނބުރިވަޑައިގެން މަގުމަތީގައި އެކަމަނާގެ ތުރުކުރައްވާފައި އޮތް ފަށްކޮޅު ކަރުފުޅުގައި ނެތްކަން އެނގިވަޑައިގެން އެނބުރި އެފަށް ހޯއްދެވުމަށް ވަޑައިގެންނެވިއެވެ. ޢާއިޝާ رضي الله عنها […]
އެންމެ ބޮޑުވެގެންވާ ފާފައަކީ ކޮބާ؟

الحمد لله رب العالمين. والصلاة و سلام على أشرف الانبياء و المرسلين. و بعد: ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ހުރިހާ އިންސާނުންވެސް ހައްދަވާފައިވަނީ އެއިލާހު ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަ ކޮށް، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހުރިހާ އަމުރުފުޅުތަކަށް ބޯލަނބައި އަދި އަޅުކަންކޮށް ހެދުމަށެވެ. އެކަން ބަޔާންކުރައްވައި ކީރިތި ޤުރުއާނުގައި އެއިލާހުގެ ބަސްފުޅު ވަނީ ވަޙީކުރައްވާފައެވެ. (وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ) سورة الذاريات: 56 މާނައީ: “އަދި ހަމަކަށަވަރުން […]