ފާޙިޝްކަންކަން ފެތުރުމުގައި…!
މިއަދު ދިވެހި މުޖުތަމަޢިން ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ފާޙިޝްކަންކަމާއި މުންކަރާތްތަކެވެ. ބޮޑެތި ޖަރީމާތަކާއި ނުބައި ފާފަތަކެވެ. ދިވެހިވެށީގައި މިނުބައި އަޚްލާޤީ ބަލިމަޑުކަން ފަތުރަމުންދަނީ ފާޅުގައެވެ. އެންމެންގެ ކުރިމަތީގައި ﷲ ތަޢާލާ ހަރާމްކުރެއްވި ބޮޑެތި ފާފަތަކަށް އަރައިގަންނަމުން ދަނީ އެއްވެސް ލަދެއްނެތިއެވެ. ﷲ ތަޢާލާ ވަހީކުރައްވައިފައިވެއެވެ. ﴿ إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ﴾ […]
ހުކުރު ދުވަހު ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ޞަލަވާތްކިޔެވުމުގެ މާތްކަން
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ މިއުއްމަތަށް ހިދާޔަތު ދެއްކެވުމަށް ފޮނުއްވި އެންމެ މަތިވެރިވެގެންވާ އިންސާނާއެވެ. އެކަލޭގެފާނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުން ފޮނުއްވި އެއިލާހުގެ އަޅާ އެންމެ ފަހު ނަބިއްޔާ އަދި ރަސޫލާއެވެ. އެކަލޭގެފާނަކީ ނަބީބޭކަލުންގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ނަބީކަލޭގެފާނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ) سورة الانبياء: 107 މާނައީ: “އަދި ހަމަކަށަވަރުން ތިމަން އިލާހު، ޢާލަމްތަކަށްވާ ރަޙުމަތެއްކަމުގައި މެނުވީ ކަލޭގެފާނު(މުޙައްމަދު ޞައްލަﷲ ޢަލައިހި […]