ނަރަކަ 44
މީސްތަކުން ހިޔާ ލިބިގަންނަ ކުންނާރު ގަސްތައް ކެނޑުން. ޢަބްދު ﷲ ބުން ޙުބުޝީ رضي الله عنه އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((مَنْ قَطَعَ سِدْرَةً صَوَّبَ اللَّهُ رَأْسَهُ فِي النَّارِ))1 މާނައީ: ހުސްބިމުގައި މީސްތަކުން އެގަހަކުން ހިޔާ ލިބިގަންނަ ކުންނާރު ގަހެއް އެއްވެސް ޙައްޤަކާއި ނުލައި ބޭކާރު ގޮތުގައި ކަނޑައިލައިފި މީހާ، ﷲ އެމީހަކު ބޯވަތަށް ނަރަކަޔަށް އެއްލަވާލައްވާނެތެވެ.” އަމިއްލަޔަށް މަރުވުން. އަބޫ…