[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 44

17760

  1. މީސްތަކުން ހިޔާ ލިބިގަންނަ ކުންނާރު ގަސްތައް ކެނޑުން.

ޢަބްދު ﷲ ބުން ޙުބުޝީ رضي الله عنه އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

((مَنْ قَطَعَ سِدْرَةً صَوَّبَ اللَّهُ رَأْسَهُ فِي النَّارِ))1

މާނައީ: ހުސްބިމުގައި މީސްތަކުން އެގަހަކުން ހިޔާ ލިބިގަންނަ ކުންނާރު ގަހެއް އެއްވެސް ޙައްޤަކާއި ނުލައި ބޭކާރު ގޮތުގައި ކަނޑައިލައިފި މީހާ، ﷲ އެމީހަކު ބޯވަތަށް ނަރަކަޔަށް އެއްލަވާލައްވާނެތެވެ.”

  1. އަމިއްލަޔަށް މަރުވުން.

އަބޫ ހުރައިރާ رضي الله عنه އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

((مَنْ قَتَلَ نَفْسَهُ بِحَدِيدَةٍ فَحَدِيدَتُهُ فِي يَدِهِ يَتَوَجَّأُ بِهَا فِي بَطْنِهِ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا، وَمَنْ شَرِبَ سُمًّا فَقَتَلَ نَفْسَهُ فَهُوَ يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا، وَمَنْ تَرَدَّى مِنْ جَبَلٍ فَقَتَلَ نَفْسَهُ فَهُوَ يَتَرَدَّى فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا))2

މާނައީ: “ތޫނު ދަގަނޑު އެއްޗެއް ބޭނުންކޮށްގެން އޭނަގެ އަމިއްލަ ނަފްސު ޤަތުލުކޮށްފި މީހަކަށް ޤިޔާމަތްދުވަހުން އޭތި އޭނަގެ އަތަށް ދެވޭނެތެވެ. އަދި އެއެއްޗަކުން އޭނަގެ ބަނޑަށް ހަރަހަރައި ހުންނަ ޙާލު ނަރަކައިގައި އަބަދަށް ދާއިމަށް ދެމިހުންނާނެތެވެ. އަދި ވިހައެއް ބޮއެގެން މަރުވެއްޖެ މީހާކަށް ޤިޔާމަތްދުވަހުން އެވިހައެއް ބޯން ދެވޭނެތެވެ. އަދި ނަރަކައިގައި އެވިހަ ބޮއެބޮއެ ހުންނަހާލު އަބަދަށް ދާއިމަށް ދެމިހުންނާނެތެވެ. އަދި އުސްތަނަކުން ފުންމާލައިގެން މަރުވެއްޖެ މީހާ ނަރަކައިގައި އުސްތަނަކުން ވެއްޓޭ ހާލުގައި އަބަދަށް ދާއިމަށް ދެމިހުންނާނެތެވެ.”3  

 =ނުނިމޭ=

 މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ

                           

[1] رواه أبو داود

[2]متفق عليه

[3] ﷲ ޙަރާމް ކުރައްވާފައިވާ ކަމެއް އެކަމުގެ ޙުކުމް އެނގުމަށް ފަހުގައިވެސް ހުއްދަ ކޮށްފި މީހާކު އިސްލާމްދީނުން ބޭރުވާނެތެވެ. އަދި އެމީހެއްގެ ޖަގަހަޔަކީ ނަރަކަޔެއެވެ. އަދި ދުވަހަކުވެސް އެތަނަކުން އޭނަޔަށް ނުނުކުމެވޭނެތެވެ. މިގޮތުން އަމިއްލަޔަށް މަރުވުމަކީ ޙަރާމް ކަމެއްކަން އެނގިގެންވާ ހާލު އެކަމަކީ ހުއްދަ ކަމެއްކަމަށް ދެކިގެން އަމިއްލަޔަށް މަރުވެއްޖެ މީހާކަށް ދުވަހަކުވެސް ނަރަކައިން ނުނިކުމެވޭނެތެވެ. އެހެން ނަމަވެސް މުސްލިމަކު ކަމުގައިވާނަމަ ނަރަކައިން ކޮންމެވެސް ދުވަހަކު ނެރުއްވޭނެތެވެ.