އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 44
ހެކިބަސް: ހެކިބަސް ދިނުމަކީ ކަމެއް ސާބިތުކުރުމުގައި ހެކިވުމެވެ. މިކަމުގައި އިސްލާމްދީނުގައި ވަނީ ދެޖިންސައްވެސް ފުރުޞަތު ދެއްވާފައެވެ. ކަންކަމުގައި ހެކިބަސް ދިނުން ފިރިހެނުންނަށް ވާފަދައިން އަންހެނުންނަށްވެސް ދެވިފައިވެއެވެ. އަންހެނުންގެ ހެކިބަހަކީވެސް ފިރިހެނުންގެ ހެކިބަސް ފަދައިން ބަލައިގަނެވޭނެ ހެކި ބަހެކެވެ. ބައެއް މީހުން މިކަމުގައިވެސް އިސްލާމްދީނުގައި އަންހެނުން ވަރަށް ނިކަމެތިކޮށްލާފައިވާ ކަމުގައި ތުހުމަތުކުރެއެވެ. އެގޮތުން ކޮންމެ ފިރިހެނެއްގެ ހެކިބަހަކަށް 2 އަންހެނުންގެ ހެކިބަސް ބޭނުންވާކަމުުގައި ބުނުމެވެ. އާދެ، 2 އަންނެނުންގެ ހެކިބަހާއި 1 ފިރިހެނެއްގެ ހެކިބަހާއި އެއްވަރު ވުމެވެ. އިސްލާމްދީނުގައި…