[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 44

womens rights

ހެކިބަސް:

ހެކިބަސް ދިނުމަކީ ކަމެއް ސާބިތުކުރުމުގައި ހެކިވުމެވެ. މިކަމުގައި އިސްލާމްދީނުގައި ވަނީ ދެޖިންސައްވެސް ފުރުޞަތު ދެއްވާފައެވެ. ކަންކަމުގައި ހެކިބަސް ދިނުން ފިރިހެނުންނަށް ވާފަދައިން އަންހެނުންނަށްވެސް ދެވިފައިވެއެވެ. އަންހެނުންގެ ހެކިބަހަކީވެސް ފިރިހެނުންގެ ހެކިބަސް ފަދައިން ބަލައިގަނެވޭނެ ހެކި ބަހެކެވެ. ބައެއް މީހުން މިކަމުގައިވެސް އިސްލާމްދީނުގައި އަންހެނުން ވަރަށް ނިކަމެތިކޮށްލާފައިވާ ކަމުގައި ތުހުމަތުކުރެއެވެ. އެގޮތުން ކޮންމެ ފިރިހެނެއްގެ ހެކިބަހަކަށް 2 އަންހެނުންގެ ހެކިބަސް ބޭނުންވާކަމުުގައި ބުނުމެވެ. އާދެ، 2 އަންނެނުންގެ ހެކިބަހާއި 1 ފިރިހެނެއްގެ ހެކިބަހާއި އެއްވަރު ވުމެވެ.

އިސްލާމްދީނުގައި ހެކިބަސް ދޭންޖެހޭ ކޮންމެ ޙާލަތެއްގައި ދެ އަންހެނުންގެ ހެކިބަހަކީ އެއް ފިރިހެނެއްގެ ހެކިބަހާއި އެއްވަރުވާ ގޮތަކަށް ބަޔާންކުރައްވާފައެއް ނެތެވެ. ބައެއް ކަންކަމުގައި ހަމައެކަނި އަންހެނަކު ހެކިބަސް ދިނުމުންވެސް އެކަން ބަލައިގަނެވޭނެއެވެ. އެއީ މިސާލަކަށް ކިރުގެ ގޮތުން ނަސަބު ޘާބިތުކުރުންފަދަ ކަންކަމުގައެވެ. ނަމަވެސް ޖުމްހޫރި ޢިލްމުވެރިންގެ އަރިހުގައި ހައްދުތަކުގައި އަންހެނުންގެ ހެކިބަހާއި ފިިރިހެނުންގެ ހެކިބަސްތަފާތުކުރެއެވެ. އަދި މުދަލާ ގުޅުންހުރި ކަންކަމުގައި ދެ އަންހެނުންގެ ހެކިބަސް ބަލަނީ އެއް ފިރިހެނެއްގެ ހެކިބަހާ އެއްވަރުކަމުގައެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

يَا أَيُّهَا الَّذِينَ آمَنُوا إِذَا تَدَايَنتُم بِدَيْنٍ إِلَىٰ أَجَلٍ مُّسَمًّى فَاكْتُبُوهُ ۚوَلْيَكْتُب بَّيْنَكُمْ كَاتِبٌ بِالْعَدْلِ ۚ وَلَا يَأْبَ كَاتِبٌ أَن يَكْتُبَ كَمَا عَلَّمَهُ اللَّـهُ ۚ فَلْيَكْتُبْ وَلْيُمْلِلِ الَّذِي عَلَيْهِ الْحَقُّ وَلْيَتَّقِ اللَّـهَ رَبَّهُ وَلَا يَبْخَسْ مِنْهُ شَيْئًا ۚ فَإِن كَانَ الَّذِي عَلَيْهِ الْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَن يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُ بِالْعَدْلِ ۚ وَاسْتَشْهِدُوا شَهِيدَيْنِ مِن رِّجَالِكُمْ ۖ فَإِن لَّمْ يَكُونَا رَجُلَيْنِ فَرَجُلٌ وَامْرَأَتَانِ مِمَّن تَرْضَوْنَ مِنَ الشُّهَدَاءِ أَن تَضِلَّ إِحْدَاهُمَا فَتُذَكِّرَ إِحْدَاهُمَا الْأُخْرَىٰ ۚ وَلَا يَأْبَ الشُّهَدَاءُ إِذَا مَا دُعُوا ۚ وَلَا تَسْأَمُوا أَن تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَىٰ أَجَلِهِ ۚ ذَٰلِكُمْ أَقْسَطُ عِندَ اللَّـهِ وَأَقْوَمُ لِلشَّهَادَةِ وَأَدْنَىٰ أَلَّا تَرْتَابُوا ۖ إِلَّا أَن تَكُونَ تِجَارَةً حَاضِرَةً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا ۗ وَأَشْهِدُوا إِذَا تَبَايَعْتُمْ ۚ وَلَا يُضَارَّ كَاتِبٌ وَلَا شَهِيدٌ ۚ وَإِن تَفْعَلُوا فَإِنَّهُ فُسُوقٌ بِكُمْ ۗ وَاتَّقُوا اللَّـهَ ۖ وَيُعَلِّمُكُمُ اللَّـهُ ۗ وَاللَّـهُ بِكُلِّ شَيْءٍ عَلِيمٌ﴿٢٨٢﴾  [سورة البقرة]

މާނައީ:”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަނޑައެޅި އެނގިގެންވާ މުއްދަތަކަށް، ތިޔަބައިމީހުން ދަރަންޏެއްގެ މުޢާމަލާތެއް ކޮށްފިނަމަ، ފަހެ، އެ ދަރަންޏެއް ތިޔަބައިމީހުން ލިޔާށެވެ! އަދި، ތިޔަބައިމީހުންގެ މެދުގައި ލިޔާ މީހަކު ޢަދުލުވެރި ކަމާއެކު (އުނި އިތުރު ކުރުމެއް ނެތި، އެއުރެން އެއްބަސްވީގޮތަށް، އެ ދަރަނީގެ ލިޔުން) ލިޔާހުށި ކަމެވެ! ލިޔާ މީހަކު (ކިބައިން ލިޔެދިނުމަށް އެދިއްޖެނަމަ) އޭނާއަށް، اللَّه ލިޔަން އުނގަންނައިދެއްވި ފަދައިން ލިޔެދިނުމުން، އޭނާ މަނާވެ ނުގަންނަހުށި ކަމެވެ! ފަހެ، އޭނާ ލިޔާހުށި ކަމެވެ! އަދި، އެމީހެއްގެ މައްޗަށް ޙައްޤު އޮތް މީހާ (އެބަހީ: ދަރަނިވެރިޔާ ލިޔަންވީ އެއްޗެއް ލިޔާ މީހާއަށް) ކިޔައިދޭހުށިކަމެވެ! އަދި، އޭނާގެ ވެރިރަސްކަލާނގެ ކަމުގައިވާ اللَّه އަށް، އޭނާ ތަޤުވާވެރި ވާހުށިކަމެވެ! އަދި، އެއިން އެއްވެސް އެއްޗެއް އުނި ނުކުރާ ހުށިކަމެވެ! ފަހެ، އެމީހެއްގެ މައްޗަށް ޙައްޤު އޮތް މީހާއީ (އެބަހީ: ދަރަނިވެރިޔާއީ) ދޯދިޔާ މީހަކު ކަމުގައިވާނަމަ (އެބަހީ: ވިޔާނުދާ ޚަރަދުކޮށް އިސްރާފް ކޮށްއުޅޭ، އުޅުންގޯސް މީހަކު ކަމުގައިވާނަމަ) ނުވަތަ (ދަރަނިވެރިޔާއީ) ނިކަމެއްޗެއް ކަމުގައިވާނަމަ، (އެބަހީ: ކުޑަކުއްޖަކު، ނުވަތަ މޮޔައަކުފަދަ މީހަކު ކަމުގައިވާނަމަ) ނުވަތަ (ދަރަނިވެރިޔާއީ) އޭނާ އަމިއްލައަށް ކިޔައިދޭން ކުޅަދާނަކަން ލިބިގެންނުވާ މީހަކު ކަމުގައިވާނަމަ، ފަހެ، ޢަދުލުވެރިކަމާއެކު އޭނާގެ ވަލީވެރިޔާ (އެ ދަރަނި ލިޔުމަށް) ކިޔައިދޭ ހުށިކަމެވެ! އަދި، (މިފަދަ ކަންކަމުގައި) ތިޔަބައިމީހުންގެ ފިރިހެނުންގެ ތެރެއިން ދެހެކިން ތިޔަބައިމީހުން ހެކިކުރާށެވެ! އެ ދެ ހެކިންނަކީ، ދެފިރިހެނުން ކަމުގައި ނުވިނަމަ ފަހެ، ހެކިންކުރެ ތިޔަބައިމީހުން ރުހޭ މީހުންގެ ތެރެއިން (އެބަހީ: ޢަދުލުވެރި މުސްލިމުންގެ ތެރެއިން) ފިރިހެނަކާއި ދެ އަންހެނުންނެވެ. (އެއީ) އެ ދެ އަންހެނުންކުރެ އެކަކަށް (ހަނދާންނެތިވެ) މަގުއޮޅިދާނެ ކަމަށްޓަކައެވެ. ދެން، އެހިނދު އެ ދެ އަންހެނުންކުރެ އެކަކަށް، އަނެކަކު (އެކަން) ހަނދާންކޮށް ދިނުމަށްޓަކައެވެ. އަދި، ހެކިންނަށް ގޮވައިލައިފި ހިނދަކު އެއުރެން (އެކަމުން) މަނާވެ ނުގަންނަހުށިކަމެވެ! އަދި (އެ ދަރަނި) ކުޑަކަމުގައިވިޔަސް، ނުވަތަ ބޮޑު ކަމުގައިވިޔަސް އެ ދަރަނީގެ މުއްދަތާއި ހަމަޔަށް ލިޔުމަށް، ތިޔަބައިމީހުން ފޫހިނުވާށެވެ! އެގޮތަށް ލިޔުން، اللَّه ގެ ޙަޟުރަތުގައި ޢަދުލުވެރިކަން ބޮޑެވެ. އަދި، ހެކި ދިނުމަށް ސީދާކަން ބޮޑެވެ. އަދި، ތިޔަބައިމީހުންނަށް شك ނުވުން ގާތްކަން ބޮޑުވެސްމެއެވެ. ތިޔަބައިމީހުންގެ މެދުގައި، ވަގުތުން ހިންގާ ވިޔަފާރިއެއް ކަމުގައި ވުމުން މެނުވީއެވެ. ފަހެ، ތިޔަބައިމީހުން އެ ވިޔަފާރި ނުލިޔުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި، ތިޔަބައިމީހުން ވިޔަފާރިއެއް ކޮށްފިނަމަ، ތިޔަބައިމީހުން ހެކިކުރާށެވެ! އަދި، ލިޔާ މީހާއާއި ހެކިދޭ މީހާ (ދަރަނިވެރިޔާއަށާއި ދަރަނިދޭ މީހާއަށް) ގެއްލުންނުދޭހުށި ކަމެވެ! (ނުވަތަ، އެ ދެ މީހުންނަށްވެސް ގެއްލުމެއް ލިބިގެން ނުވާހުށްޓެވެ.) ތިޔަބައިމީހުން (ނަށް ނަހީކުރެއްވި ކަންތައް) ކުރާނަމަ، ފަހެ، ހަމަކަށަވަރުން، އެއީ، ތިޔަބައިމީހުންގެ ކިބައިގައިވާ (ނުކިޔަމަންތެރި) ފާސިޤުން ކަމެކެވެ. ތިޔަބައިމީހުން، اللَّه އަށް ތަޤުވާވެރިވާށެވެ! اللَّه، ތިޔަބައިމީހުންނަށް އުނގަންނައިދެއްވާނެއެވެ. اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. “

އިސްލާމްދީނުގައި މީގެ 1400 އަހަރުކުރިން އަންހެނުންނަށްވެސް ހެކިބަސްދިނުމާއި އަދި އެހެކިބަސް ޤަބޫލުކުރުމާއި ހެކިވެރިޔަކަށްވުމުގެ ޙައްޤު ދެއްވާފައިވެއެވެ. މިކަމާއިމެދު މުސްލިމުންގެ ހިތްތަކުގައި ޝައްކު އުފައްދައި އިސްލާމްދީނަކީ އަންހެނުންނަށް މިފަދަ ޙައްޤުތަކުން މަހުރޫމްކުރާ ދީނެއްކަން ދެއްކުމުގަައި މަސައްކަތްކުރަމުންދާ ބައެއް ފަރާތްތަކުގެ ޙާލަތު ހުރީ ވަރަށް ދަށުގައެވެ. މިސާލަކަށް ޔަހޫދީން އަންހެނުންނަށް ހެކިވެރިއަކަށް ވުމުގެ ޙައްޤު ދިނުމާއިމެދު ވާހަކަދައްކާފައިވަނީވެސް 1950 ގައެވެ.

= ނުނިމޭ =

___________________

މިލިޔުމުގެ އެހެނިހެން ބައިތައް